ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ސައިކަލުތަކަކަށް ގެއްލުންވެއްޖެ

Loading

Facebook
Twitter
WhatsApp

ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުތަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ސައިކަލުތަކަކަށް ގެއްލުންވެއްޖެއެވެ.

މާލެ، ލޮނުޒިޔާރަތް މަގުގައި ޕާކް ކޮށްފައިހުރި ސައިކަލު ތަކެއްގައި، އެ މަގުން ދަތުރު ކުރި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 ރޭ ދަންވަރު 00:50 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓްގައި ޖުމުލަ 19 ސައިކަލު ވެއްޓި، 17 ސައިކަލަކަށް ގެއްލުން ވެފައިވާ ކަމަށެވެ.
މިގޮތުން އޭގެތެރެއިން 10 ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް