އާއިލީ ވުޒާރާގެ ވެބްސައިޓުން ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު އެ ވުޒާރާގެ އާ ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެ ވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އާ ވެބްސައިޓެއް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ. ’msfd.gov.mv‘ މެދުވެރިކޮށް މި ވެބްސައިޓަށް ވަދެވޭއިރު، މިއީ މި ވުޒާރާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ލުއިފަސޭހަ ވެބްސައިޓެކެވެ.

އެގޮތުން، ވެބްސައިޓްގައި ’އެހީ ވަމާ‘ ބައިގެ ދަށުން ފެނިގެންދާ މި ވުޒާރާގެ ޓްރަސްޓް ފަންޑަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް އިން ބަލަހައްޓަމުންދާ ’ބަނޑޭރި ޕޭ‘ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮނޭޝަން ނުވަތަ އެހީ ބަލައިގަންނަމުންދާނެއެވެ.

މި ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ޢާއިލާއަކަށް ކާންދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން.
  • ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ އާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.
  • ކުއްޖަކު ސްޕޮންސަރ ކުރުން: ސްޕޮންސަރޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ބައިވެރިވުން.
  • ވޮލަންޓިއަރ ނުވަތަ އިންޓަރން އަކަށްވުން: މިނިސްޓްރީގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.
  • އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ އާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.

އެހެންކަމުން، މި ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހޯއްދެވުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފްޞީލުތައް ބެއްލެވުމަށް އާ ވެބްސައިޓް ބޭނުންކުރެއްވުން އެދެމެވެ.
މިއީ މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވެބްސައިޓް ލިންކް: https://msfd.gov.mv/

Loading

Leave a Reply

ފަހުގެ އަޕްޑޭޓް