ސިނަމާލެ ބްރިޖް ހައިވޭގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އާރްޓީއެލް ބަހަކާއި ތިން ސައިކަލެއް ޖެހިގެންނެވެ.
އޭގެތެރޭގައި ފުލުހުންގެ ސައިކަލެއްވެސް ހިމެނެއެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯއިން ފެންނަގޮތުގައި ހާދިސާގައި ހިމެނޭ އެއް ސައިކަލު އޮތީ ބަހުގެ އަރިމަތިން ބަސްދަށުވެފައެވެ.
މި ހާދިސާގައި އަނިޔާވެގެން ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވީނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.