މާލޭ ގެއެއްގެ ބަދިގޭގައި ރޯވެ، ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ.
ރޯވެފައިވަނީ ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓުމަންޓެއްގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދުގެ 11ޖަހާ އެހާކަންހާއިރު ކަމަށާއި، 11.17ހާއިރު އަލިފާން ނިއްވާލެވިފައި ވާކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވިނަމަވެސް ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުންވެ، ބަދިގޭގައި ހުރި ސާމާނުތައް ވަރަށް ބޮޑަށް އަނދާފައިވާކަން ފޮޓޯތަކުން ފެންނަން ހުއްޓެވެ.
![]()
