ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފިއެވެ.

އެ ޒިޔާރަތުގައި އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ތަމްސީލުކުރާ ޑޮކްޓަރުން ހިމެނެއެވެ.

އެ މެޑިކަލް ޓީމު ޒިޔާރަތްކޮށްފައި ވަނީ ޗެންގްޑޫގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އަށެވެ.

“މި ޒިޔާރަތުގައި އެ ޓީމުން ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އެންޑް މެޑިކަލް ސިމިއުލޭޝަން ލެބްސް ތަހުގީގުކޮށް، ކްލިނިކަލް އެންޑް އެކަޑަމިކް ތަމްރީންތައް ފުރިހަމަކޮށްފައި“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި ޞިއްޙީ ދާއިރާގެ ޕްރޮފެސަރުންނާއި ސީނިއަރ ކްލިނިޝަނުންނާ ބައްދަލުކޮށް، ކްލިނިކަލް ވޯކްފްލޯސް، އެކަޑަމިކް ޕްރެކްޓިސްސް ޑިޕާޓްމަންޓް ސްޓްރަކްޗަރ އާއި އެންމެ ޒަމާނީ ރޮބޮޓިކް ގައިނެކޮލޮޖިކަލް ސާޖަރީވެސް އެ ޓީމުން ވަނީ އޮބްޒާވްކޮށްފައެވެ.

ޕީޑިއަޓްރިކްސް ޓީމުން ވެސް ވަނީ ސައުތުވެސްޓަރން ޗައިނާގެ ނޭޝަނަލް މެޑިކަލް ރީޖަނަލް ސެންޓަރ ފޯ ޗިލްޑްރަންސް އަށް ޒިޔާރަތްކޮށް، ނިއުރޯޑިވެލޮޕްމަންޓް، ހެމަޓޮލޮޖީ، އޮންކޮލޮޖީ، ޕަލްމޮނޮލޮޖީ، އެންޑޮކްރިނޮލޮޖީ، ނިއޯނެޓޮލޮޖީ އެންޑް ޕީޑިއަޓްރިކް ކާޑިއޮލޮޖީގެ ޚިދުމަތްތަކުން ތަމްރީން ހޯދާފައެވެ.

މީގެ އިތުރުން މެޑިކަލް ސިމިއުލޭޝަން ލެބޯޓްރީސް އަށް ޒިޔާރަތްކޮށް އެޑްވާންސް ހައި-ފިޑެލިޓީ ސިމިއުލޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަމްރީނުތަކުގައި ބައިވެރިވެ، ނޮލެޖް އެކްސްޗޭންޖްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް