11 ދާއިރާއަކުން ރާއްޖެއާ ޗައިނާއިން ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

Loading

September 2, 2025
profile
Facebook
Twitter
WhatsApp

ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމާގުޅޭ ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާތަކުގައި ސޮއިކުރެއްވީ ޗައިނާގެ ބެއިޖިންގގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތެވެ.

ޖުލުމަ 11 ދާއިރާއެއް ހިމެނޭހެން ސޮއިކުރެވުނު މި ފަހުމުނާމާތަކުގެ ތެރޭގައި؛ އިޤްތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާޢަދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ.

މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ވަޑައިގެން އުޅުއްވަނީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް