އުކުޅަހުގައި ޒަޚަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެއަށް

Loading

September 1, 2025
profile
Facebook
Twitter
WhatsApp

ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަކު ރޭ ވަޅިން ހަމަލަދިނުމުގެ ސަބަބުން ޒަޚަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ޚަބަރު ލިބިފައިވާގޮތުގައި، ބައްޕައަށް ހަމަލަދިން 26 އަހަރުގެ ދަރިފުޅަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން ނަފުސާނީ ބައްޔަކަށް ފަރުވާދެމުން އަންނަ މީހެކެވެ.

އޭނާ ބައްޕައަށް ހަމަދީފައިވަނީ ގަވަދުން ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމުން އެކަމާ ރުޅިއައިސްގެންނެވެ.

ޒަޚަމްވި ބައްޕައަށް ފުރަތަމަ ފަރުވާ ދީފައިވަނީ އއ. އުކުޅަހު ޞިއްޙީ މަރުކަޒުންނެވެ. ނަމަވެސް އޭނާގެ ބަނޑަށް ވަޅި ވަދެފައިވާ ދިމާއިން ދުޅަވެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމަށް އުކުޅަހު ޞިއްޙީ މަރުކަޒުން ނިންމީއެވެ.

ހަމަލަދިން ދަރިފުޅު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާވެސް ވަނީ ނަފުސާނީ ބައްޔާގުޅޭ ޓެސްޓުތަކެއް ހެދުމަށްޓަކައި މާލެ ގެނެސްފައެވެ. އޭނާގެ ޓެސްޓުތައް މިހާރު ފަށާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް