ސާރާގެ ފިރިމީހާ އަހުމަދު އެއްދުވަހަކު އިމާރާތެއްގެ މަތިން ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެއްއަހަރުގެ ފިރިހެން ދަރިފުޅު ޕްރޭމް އަކަށް ލައިގެން ސާރާ އަވަސްއަވަހަށް ގޮސް ހޮސްޕިޓަލަށް ވަންއިރު އަހުމަދު ވީލްޗެއާއަކަށް ލައިގެން ޑޮކްޓަރު ތިއޭޓަރުން ނިކުންނަނީއެވެ.
އޭނާ ފެނުމުން އަވަހަށް ގޮސް އަހުމަދު ގައިގައި ބައްދާލުމަށްފަހު ސާރާ ބުންޏެވެ. އަހަރެންހީކުރީ މަރުގެ އެތިފަހަރެއް ކަމަށެވެ.
މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ.އާއެކެވެ. މިފަހަރު އަހުމަދު މަރުނުވެ ސަލާމަތް ވެއްޖެއެވެ.އެކަމަކު އޭނާގެ ދެފައިގެ ވާގިވަނީ ނެތިފައެވެ. އޭނާ ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅެން ގޮވައިގެން ގެޔަށް ދާށެވެ. މިހެން ބުނުމަށްފަހު ޑޮކްޓަރު އެތަނުން ހިނގައްޖެއެވެ.
އަހުމަދަކީ އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ އިންޖިނޭރެކެވެ. އެއްދުވަހަކު ކަންތައް ދިމާކުރިގޮތުން ހަމަ އަރިއަޅާލައިގެން ވެއްޓުނީއެވެ.
ޑޮކްޓަރުގެ ވާހަކަ އަޑުއިވުމުން ސާރާ އަށް ހުއްޓުން އެރިއެވެ. އަދި ވިސްނާލަން މަޑުކޮށްލިއެވެ. އެވަގުތު އަހުމަދު ބުންޏެވެ. ޑޮކްޓަރު އެހެން ބުނުމުން ސާރާއަށް ހުއްޓުން އެރީ ކީއްވެގެން ހެއްޔެވެ. ކަމެއްނުވެޔޭ ކިޔާ ޖަވާބު ދިނުމަށްފަހު އަހުމަދު ގޮވައިގެން ގެޔަށް ދިޔައެވެ.
ގެޔަށް ދެވުނުއިރު ގޭދޮރުގައިވަނީ ކޮންމެވެސް ފަރާތަކުން ނޯޓިސްއެއް ހިއްޕާފައެވެ. ބަލާލިއިރު އެއީ ނަގާފައިވާ ލޯނަކަށް ފައިސާދައްކަމުން ނުދާތީ ބޭންކުން ތަތް ކޮށްފައިވާ ނޯޓިސްއެކެވެ. ސާރާ ރުޅިއައިސްފައި ނޯޓިސް ނައްޓާލުމަށްފަހު އަހުމަދާ ދިމާލަށް އެއްޗެތި ކިޔަން ފެށިއެވެ.“މިއީ ހައްތާވެސް ކަލޭގެ ކަންތަކެވެ. ބޭންކުން ލޯނު ނުނެގިނަމަ މިއަދު އަހަރުން މަގުމަތި ނުވީސް ނޫން ހެއްޔެވެ؟“
އަހުމަދު ދެރަވެލާފައި ޖަވާބު ދިނެވެ. އަހަރެން ލޯނުނެގީ މަޖާކުރާކަށް ނޫނެވެ. މަންމަ އެހާބޮޑަށް ބަލިވެގެން ދެން ގަދަ ނުވާނެ ކަމަށް ހީވުމުން ނެގި ލޯނެކެވެ. އެ ލޯނު ނުނެގިނަމަ މަންމަގެ ފުރާނަ ސަލާމަތް ނުކުރެވުނީހެވެ.“
އެވަގުތު މަގަށް ބަލާލިއިރު ބަޔަކު އެންމެން ދުވެފަ އަންނަތަން ފެނުނެވެ. ތޫފާނެއް އަންނާތީ ރައްކާތެރި ހިސާބުތަކަށް ދިއުމަށް ދުވަނީއެވެ. އެވަގުތު ވީލްޗެއާގައި އިން އަހުމަދު ފެނި ޓްރަކެއް ދުއްވާ މީހަކު އޭނާގެ މައްޗަށް ހަމަދަރުދީވެ ބުންޏެވެ. އަވަހަށް މިއަށް އަރާށެވެ. އަހުމަދުގެ ދެފައިގަ ވާގިނެތްކަމެއް އޭނާއަކަށް ނޭގެއެވެ. ޓްރަކަށް އަރަން ބުނުމަށްފަހު އަވަހަށް ގޮސް ޑްރައިވަރުގެ ގޮނޑިއަށް އެރިއެވެ. ޓްރަކަށް އަރާނެ ގޮތެއް ނޭނގި ހާސްވެފައި އަހުމަދު އިންދާ، ސާރާ ދަރިފުޅު އަހުމަދުގެ އުނގަށް ލުމަށްފަހު ބުންޏެވެ. އަހަރެން އަރަންދެން ހިފަހައްޓާލާށެވެ. މިހެން ބުނުމަށްފަހު ޓްރަކަށް އަރައި ހަމަޖެހިލިއެވެ. އަދި އަމިއްލަ ނަފްސާ މުޚާތަބްކޮށް ބުންޏެވެ. އެ ބަލިމީހާ ނުބަލާ އަހަރެންނަށް މި ސަލާމަތް ވެވުނީއެވެ. އަހަރެން އަތުގައި މިހުރި ފައިސާއިން އަހަރެން މަޖާ އުފާވެރި ދުވަސްތަކެއް ވެއަތު ކުރާނީއެވެ. ދެމީހުން ނެގި ލޯނުގެ ފައިސާގެ ބޮޑުބައެއް އޭނާގެ ދަބަހުގައި އޭރު ހުއްޓެވެ. އަހުމަދު ގޮތްހުސްވެ ބަލަހައްޓައިގެން އިންދާ ޓްރަކް ނައްޓާލައިފިއެވެ. ސާރާ ފަސްއެނބުރި ބަލާވެސް ނުލައެވެ. އޭނާޔާއެކު އަހުމަދު ގެންދަން ބޭނުން ނޫންކަން އަހުމަދަށް އެނގުނީ ދެނެވެ.
އެ ހާދިސާގެ ހަ އަހަރު ފަހެވެ. ކުޑަކޮން އޮތް އަހުމަދުގެ ދަރިފުޅުގެ އުމުރުން މިހާރު 7 އަހަރެވެ. ކުއްޖާ އަށް އަހުމަދުވަނީ ”އަޔަންމޭން“ގެ ކޮސްޓިއުމެއް ގަނެދީފައެވެ. މިހެދުން ލައިގެން މަތުމަތިންދާ ކުޑަކުދިންނާ އަދި ބޮޑެތި މީހުން ފޫހި ފިލުވާދިނުމަށް އޭނާ ހަރަކާތްތަކެއް ކުރަމުން ގެންދެއެވެ. މިކަން ވެފައިވަނީ ގިނަ ބަޔަކު ބަލައިގަންނަ އެމީހުން ރުހޭ ކަންތައް ތަކަކަށެވެ.އެހެން ކަމުން ”އަޔަންމޭން“ އަށް އެމީހުން ފައިސާވެސް ދެމުން ގެންދެއެވެ. އެކި ދުވަހު އެކި ހިސާބުގައި މި ކުޅިވަރު ދައްކާދީގެން ލިބޭ ފައިސާ އަށް ބައްޕައަށާ އަމިއްލަ ބޭނުން ތަކަށް އެކުއްޖާ ތަކެތި ގަނެއެވެ.
އެއްދުވަހަކު ދިޔަ ތަނެއްގައި އަންހެނަކު ކާރެއްގެ ހުޑްގެ ދަށުގައި ތާށިވެގެން އެހީއަކަށް އެދި ހަޅޭއްލަވާއަޑު ކުއްޖާ އަށް އިވުނެވެ.އޭރު ކާރު މަޑުމަޑުން ކުރިޔަށް ވެސް ދެއެވެ.
ކުއްޖާ ދުވެފަ ދިޔަ ގޮތަށް ގޮސް އަތުބުރަކި ބޭނުންކޮށް ކާރު ފުރަތަމަ ހުއްޓުވާލިއެވެ. އަދި ގޮސް ހުޑް މައްޗަށް ހިއްލާ އަންހެން މީހާ ސަލާމަތް ކުރިއެވެ. އަންހެން މީހާ ކުއްޖާއަށް ޝުކުރު އަދާ ކުރުމަށްފަހު ބުންޏެވެ. ތިޔަކޮށްދިން ކަންތަކުގެ ބަދަލުގައި އަހަރެން ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ. އެ ކުއްޖާ އަންހެންމީހާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރުގަ އިން އަހުމަދު ކައިރިޔަށް ގެންގޮސްފައި ބުންޏެވެ. ”ޕްލީސް އެވެ. އަހަރެންގެ ބައްޕަ ރަނގަޅު ކޮށްދޭށެވެ.“
އަންހެން މީހާ ބުންޏެވެ. މި ދިމާވީ މާރަނގަޅަށެވެ. އަސްލުގައި އަހަރެންނަކީ ވާގިނެތިފައި ތިބޭ މީހުންނަށް ފަރުވާދޭ ޑޮކްޓަރެކެވެ. މިހެން ބުނުމަށްފަހު ދެމީހުން ކާރަށް ލައިގެން އޭނާ އުޅޭ ހިސާބަށް ގެންގޮސް އަހުމަދުގެ ފަރުވާ ފެއްޓިއެވެ. ޑޮކްޓަރުގެ ފަރުވާތެރި ޚިދުމަތާ ގުޅިގެން މަޑުމަޑުން އަހުމަދަށް ކޮޅަށް ހުރެވެން ފެށިއެވެ. އަދި މަޑުމަޑުން ހިނގެން ވެސް ފެށިއެވެ. މި ފަރުވާގެތެރޭން ޑޮކްޓަރު އަހުމަދުދެކެ ލޯބިވާން ފެށިއެވެ. މިއާއެކު ކުއްޖާއަށް އައު މަންމަ އެއް ލިބިއްޖެއެވެ. އެކުޑަކުޑަ އާއިލާ އެއަށްފަހު ވަނީ ދާއިމީ ކޮން ޑޮކްޓަރުގެ ގެޔަށް ބަދަލުވެފައެވެ. އަދި އަހުމަދުގެ މިހާރުގެ އަންހެނުންގެ މަސައްކަތުގައި އެހީތެރިވުމަށް އަހުމަދުވެސް ހޮސްޕިޓަލް އަށް ގޮސްއުޅެއެވެ.
ކަންތައް ދިމާކުރި ގޮތުން އަހުމަދާ ކުޑަކުޑަ ދަރިފުޅު ދޫކޮށްލާފަ ސާރާ ދާން އެރި ޓްރަކް ހަމަ އެ ދަތުރުގައި ވަނީ އެކްސީޑެންޓަކާ ދިމާވެފައެވެ.އަދި އޭނާގެ ދެފައި ޓްރަކް ގެ ދަށުވެ، ސާރާގެ ދެފައި ވަނީ ބުރިކުރަން ޖެހިފައެވެ.
އަހުމަދު އެއްދުވަހަކު އަންހެނުންނާއެކު ހޮސްޕިޓަލަށް ދިޔައިރު ދެފައި ބުރިކޮށްފައިވާ އަންހެނަކު ވަރަށް ބަލިވެގެން އުޅޭތީ އޭނަވެސް އެއީ ކާކުތޯ ބަލާލިއިރު އެއީ ސާރާއެވެ. އެ ވަގުތު އޭނާގެ އަންހެނުން ކައިރީ ބުންޏެވެ. ތިޔައީ އަހަރެންގެ އަންހެނުންނެވެ.
އަހުމަދު ކޮޅަށް ހުއްޓާފެނި ސާރާ ވަރަށް ހައިރާން ވިއެވެ. އެ ވަގުތު މައާފަށް އެދި ސާރާ ރޯން ފެށިއެވެ. އޭނާ ބަލާނެ މީހަކު ނެތްކަމަށް ބުނެ ދޫކޮށްލާފަ ނުދިއުމަށާ އޭނާ ބަލާދިނުމަށް އެދި އާދޭސް ކުރަމުންގެންދިޔައެވެ. ނަމަވެސް އަހުމަދު އެއަޑެއް ނޭހިއެވެ. ހަމަ އެކައްޗެކޭވެސް ނުބުނެ އެތަނުން ނިކުމެގެން ދިޔައީއެވެ.