”ސްލީޕިންގ ޕްރިންސް“ގެ ނަމުން މަޝްހޫރުވެފައިވާ ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވިކަން އިއުލާން ކުރައްވާފައިވަނީ ބައްޕަ،ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ.
ޕްރިންސް އަލް ވަލީދް ބިން ޚާލިދު ބިން ޠަލާލް ކޯމާގެ ހާލަތަށް ދިޔައީ ކިޔަވާ ވިދާޅުވަން ލަންޑަންގައި ހުންނެވިއިރު 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި ޓްރެފިކް އެކްސީޑެންޓަކަށް ފަހުއެވެ. އެދުވަހުން ފެށިގެންވެސް ލައިފް ސަޕޯޓުން ނަގަން ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ޠަލާލް ވަނީ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ދިރުވުމާއި މަރުވުމުގެބާރު ވަނީ ހަމައެކަނި ﷲ ސުބްހާނަހޫ ވަޠަޢާލާ ގެ ކިބައިގައެވެ.
ޕްރިންސް އަލްވަލީދު އޮންނެވީ 24 ގަޑިއިރު ހާލަތު މޮނިޓަރ ކުރެވޭ ފަދަ ގޮތަށް ބޭއްވިފައެވެ. އަދި އައީ ވަރަށް ފުރިހަމަޔަށް ބެލެހެއްޓެމުންނެވެ. އޭނާގެ ހާލަތާ މެދު ގިނަބަޔަކު އައީ ހަމްދަރުރުދީ ފާޅުކޮށް ހެޔޮ ދުއާ ކުރަމުންނެވެ.
ޕްރިންސް އަލް ވަލީދް ބިން ޚާލިދު ބިން ޠަލާލް ގެ ޖަނާޒާ ބާއްވާ ގޮތަށް އޮތީ ހޮނިހިރު ދުވަހުގެ އަސުރު ނަމާދަށް ފަހު ރިޔާޛުގެ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައެވެ.