- މިއީ އިގިރޭސި ލިއުމެއްގެ ސީދާ ތަރުޖަމާއެކެވެ.އެހެން ކަމުން އަޅުގަނޑުމެންގެ މި ދިވެހި މުޖްތަމައު އާ އެހާނުގުޅޭ ލިއުމަކަށްވެސް ވެދާނެ ވާހަކަ ވަރަށް މަޢާފްއާ އެކު ދަންނަވަމެވެ. ނަމަވެސް ރީތި ލިއުމެއް ކަމުން ތަރުޖަމާކޮށްލީއެވެ.
އަހަރެން ކުޑައިރު ކާފަ އަހަރެންގެ ގާތުގައި ބުނުއްވާ ވާހަކައެއް އޮވެއެވެ. އެ ބުނުއްވާ އެއްޗެއްގެ މާނަ އޭރަކު ނުވިސްނެއެވެ. ކާފަ ބުނުއްވައެވެ.
”ހަމައެކަނި ވިއްސާރަ ވެހޭއިރު ކުޑައެއްހޯދަން އަންނަ ރައްޓެހިންނަށް ކުޑަ ނުދޭށެވެ.“ އޭރު އަހަރެންގެ ހިތަށް އަރައެވެ.ކާފަ ހަމަ މޮޅު އެއްޗެއް ބުނެލީއެވެ. އެކަމާމެދު މާބޮޑަކަށް ނުވިސްނަމެވެ.އެއްޗެކޭ ނުބުނެ ހިނިތުން ވެލުމަށްފަހު ކުރަން ހުންނަ ކަމެއް ކުރަން ދަނީއެވެ.
ނަމަވެސް އަހަރެންވެސް ދުނިޔޭގައި އުޅެ، ފުރާފުރިހަމަވެ، ބޮޑުމީހަކަށް ވުމުން ކާފަ އެބުނުއްވާ އެއްޗެއްގެ މާނަޔާމެދު ވިސްނަން ފެށީމެވެ. ބައެއްރައްޓެހިން ހަމައެކަނި އެމީހުންނަށް ކަމެއްޖެހި އެހީއެއް ބޭނުންވާ ހިނދު ބައްދަލް ކުރަން އާދެއެވެ.އެފަދަ ވަގުތު ތަކުގައި ގުޅަންވެސް ގުޅާނެއެވެ.ކޮބާތޯ ބަލާނެއެވެ.އަދި އަހަރެންގެ ގައިގަ ”އެލިގަނެގެން“ އޮވެއެވެ.ނަމަވެސް އެމީހުންނަށް ”އުޑުމަތިސާފު“ ވުމުން ނައްޓާލައެވެ.އަހަރެންމީ ހުންނަ މީހެއްކަންވެސް އަނެއްކާވެސް ހަނދާނެއް ނުހުރެއެވެ.
މިހެން ދިމާވުމުން ހިތަށް ވަރަށް އަސަރުވެސް ކުރެއެވެ. ބަދަލުގަ އެއްޗެއް ބޭނުންވާތީއެއްނޫނެވެ.އަސަރު ކުރަނީ އަހަރެންނަކީ ހަމައެކަނި ”ތޫފާނުން“ ހިޔާވުމަށް ބޭނުންކުރި ކުޑައެއްކަން އެނގޭތީއެވެ. އެމީހުން ރަހުމަތްތެރިއެއްގެ ގޮތުގައި ދުށް މީހެއްނޫންކަން އިހުސާސް ކުރެވުމުންނެވެ.
މިހާރު ”ތޫފާނެއްގެ“ ތެރޭން އަހަރެންގެ ހަޔާތަށް ”ރައްޓެއްސަކު“ އަތުވެއްޖެ ނަމަ އަހަރެން އަމިއްލަ ނަފްސާ ސުވާލު ކުރެވެއެވެ. މީނާގެ ތޫފާން ނިމި އުޑުމަތި އަލިވާފަހުންވެސް އަހަރެންގެ މަތިން މީނާ ހަނދާން ހުންނާނެ ބާވައެވެ.؟
ކާފަ ބުނުއްވާގޮތުގައި މީހުންނަށް ހެޔޮފޯރުވާދިންނަމަވެސް އެފަދަ މީހުން އައިސް ފައިފުއްސަކަށް އަރާހެން އަހަރެންނަށް ހަދާލުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. އެމީހުން ބޭނުންހާގޮތެއް އަހަރެންނަސް ހަދާލިޔަދީގެން ނުވާނެއެވެ.
އެހެން މީހުންނަށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އަހަރެންގެ ކުޑަތައް ބަހާލުމަށްފަހު އަމިއްލަޔަށް ހަދާނެގޮތް ހުސްވާ ހިސާބަށް ގޮސްގެން ނުވާނެއެވެ.
ވިސްނޭ މީހަކު ބުނެފައި ވެއެވެ.މިޒަމާނުގައި ރަހުމަތްތެރިއަކަށް އަނބުރާ ދޭގޮތަށް ފައިސާ ދޭނަމަ ފުރަތަމަ ވަދާއުގެ ސަލާމް ކޮށް، ބައްދާލާ ހަދާފަދޭށެވެ.އެހެނީ އެއީ އޭނަ ފެންނަ އެންމެ ފަހު ފަހަރު ކަމަށްވެސް ވެދާނެއެވެ.
މިހާރު އަހަރެން ނަށްވެސް ކުޑައެއްގެ ބޭނުން ޖެހިއްޖެ ނަމަ، ކުޑައަތުލަން އެމީހެއްގެ ކައިރިޔަށްދާ ރައްޓެހި މީހާ އެއީ އަހަރެންގެ ކާކުތޯ ވިސްނާލުމަށް ވަގުތު ކޮޅެއް ނަގަމެވެ.