ކުއްލިއަކަށް ސުންނީ ޝިޔާ، މިވީ ކިހިނެއް؟ އެއީ ކޮންބައެއް!

Loading

Facebook
Twitter
WhatsApp

މި މަޢުލޫގައި ޝައިޚުގެ މިވާހަކަތައް އަޑުއަހާ މީހަކަށް ޤަބޫލު ކުރެވޭނެ ހާވެސް އެއްޗަކީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކު މަޒްހަބީ އަދި ނަސްލީ ޚިލާފު ތަކުގައި ތަޅާފޮޅައި، ނިކަމެތިވެ ދިޔުމަށް ދީނުގެ ޢަދާވާތްތެރިން ބޭނުންވާ ފަދައިން އެދިލައްވަނީ ހެއްޔެވެ؟ ހިތަށްއަރާ ސުވާލަކީ ހަމަ މި ނާޒުކު ދަނޑިވަޅުގައި އިރާނާއި ދެކޮޅަށް އެއްޗެއް ވިދާޅު ނުވެ ނުހުންނެވޭނެ ވަރުގެ ޕްރެޝަރެއް ނުވަތަ ވިސްނުމެއް ޝައިޚަށް އައީ ކޮންފަދަ މަޖުބޫރީ ހާލަތެއް މެދުވެރި ވެގެންތޯއެވެ؟

އީރާނުގެ ޝީޢީން ކާފަރުވާނަމަ މުސްލިމުންގެ ތެރޭގައި މި އުޅޭ ސިހުރު ހަދާ މީހުންނާއި، ﷲ ނޫން ފަރާތްތަކަށް ނަދުރު ބުނާ މީހުންނާއި، ޤަބުރަށް ޒިޔާރަތްކޮށް މަރުވެފައި ތިބޭ ފަރާތްތަކުން ކަންކަމަށް އެދޭ މީހުންނާއި،މުސްލިމުންގެ ގޮތުގައި ތިބެމެ ޒިނޭކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ބޮޑެތި ޖިނާޢީ ކުށްތައް ކުރާ މީހުންނާއި ހުކުރު އަޅާ މީހުންނާއި، މުސްލިމުން ޤަތުލު ކުރާ މީހުންނާއި، މީސްތަކުންގެ ޢަބުރުކަތިލާ ފަރާތްތައް ކާފަރު ނުވަނީ ކީއްވެ ހެއްޔެވެ؟

ކަންހުރީ މިގޮތަށް ކަމަށްވާއިރު ﷲ އާއި ރަސޫލާ محمد صلى اللّه عليه وسلّم ޤަބޫލުކޮށް ކީރިތިقرآن ކިޔަވައި ހިތުދަސް ކޮށް ހައްޖުވެ ރޯދަހިފާ މީހުންނާއި ޔަހޫދީންނާއި އެއްފަދަ ކުރާނެ ޝަރްޢީ އަދި ޤާނޫނީ ހަމައެއް އަޅުގަނޑު ގެ ބުއްދި އަކަށް ނައެވެ.

އީރާނުގެ އާބާދީއަކީ ގާތްގަނޑަކަށް 95 މިލިއަނެވެ. އޭގެތެރެއިން %7 ޓާއި %10 ރައްޔިތުންނަކީ ސުންނީ މުސްލިމުންނެވެ.

ބިދުޢަތަކާއި ޚުރާފާތްތައް ޤަބޫލުނުކުރާ މީހުން ނެތް ޤައުމެއް ދުނިޔެއަކު ނެތެވެ، އެހެންކަމަށް ވީއިރު ﷲގެ ވަޙީ އާއި ރަސޫލާ محمد صلى اللّه عليه وسلم ގެ ރިސާލަތުގައި އޮތް ރަނގަޅު ގޮތް މީސްތަކުންގެ ބުއްދިއަށް ފޯރުކޮށް ދެއްވުމުގައި ކިތަންމެ ހެޔޮ ނިޔަތުގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ވީކަމަށް ވިޔަސް ވަގުތާއި ހާލަތަށް ރިޢާޔަތް ކުރެއްވުމަށާއި، ފިތުނައަކަށް ފަހި ނުވާނެ ގޮތެއްގެ މައްޗަށް ފަރުވާތެރި ވާންޖެހެއެވެ. ޝައިޚުގެ އަޞްލު މަޤުޞަދަކީ ބިދުޢަތަކާއި ޚުރާފާތްތައް ޤަބޫލުކުރާ މީހުންގެ ޢަޤީދާ ޞައްޙަ ނުވާނެކަމަށް ވިސްނައި ދެއްވުންކަމަށް ވެދާނެއެވެ.

އެހެން ނަމަވެސް ދުނިޔޭގެ ހުރިހާ މުސްލިމު ޤައުމެއްގެ ވެސް ޢާއްމު ރައްޔިތުންގެ ތާއީދު މިބަރުއޮތީ އިޒްރޭލަށް ބޮނޑިއެއް އަޅާ ކޮންމެ ފަރާތަކަށް ތާއީދު ކުރުމެވެ. އެހެންކަމުން ދީނަށް ގޮވާލުމުގައި އެންމެ ރަނގަޅު މަންހަޖަކީ އެއްވެސް މީހަކަށް އެއްވެސް ޤައުމަކަށް އެއްވެސް މަޒުހަބަކަށް އަދި ފިރުޤާއަކަށް ބަދުބަހެއް ވިދާޅު ނުވެ ﷲގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތުގައި، އޮތް ގޮތް އެކި އެކި ޙިކުމަތްތެރި ޓެކްނިކު ތަކާއި އެކު މީސްތަކުންނަށް ބުނެދީ ވިސްނައި ދެއްވުމެވެ. ﷲގެ ދީނަށް ގޮވައި ދެއްވުމުގައި ކީރިތި ރަސޫލާ ގެންގުޅުއްވި ޙިކުމަތްތެރިކަން މިޝާލަކަށް ބެއްލެވުމެވެ.

ދުނިޔޭގެ މުސްލިމުންކުރެ ޤިނަ ޤައުމުތަކުގެ ޢާއްމު ރައްޔިތުން، ޝީޢީން ގެ ތެރޭގައި ހުރި ފިރުޤާ ތައް ޤަބޫކުރާ ކަމަކަށް ފާހަގަ އެއް ނުކުރެވެއެވެ. އެހެން ނަމަވެސް ފަލަސްޠީނުގެ ވަށައިގެން ވާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތިއްބެވީ ނަމެއްގައި ނަމަވެސް ސުންނީ މުސްލިމުން ކަމުގައި ބެލެވެމުން އަންނައިރު ފަލަސްޠީނު މިނިވަން ކުރުމުގައި އެހީތެރިކަމެއް އެއިން ޤައުމެއްގެ ވެރިއެއްގެ ފަރާތުން ނުލިބުމަކީ، ވެސް އީރާނަށް އޮތް ތާއީދު އިތުރުވި އެންމެ ބޮޑުވި އެއްސަބަބެވެ. ދުޢާ އެކި އަދި އުންމީދަކީ އަނިޔާވެރި އިޒްރޭލް ބަލިކޮށްލެވި ފަލަސްތީނަށް މިނިވަންކަން މިންވަރު ކުރެއްވުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް