ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީޖިން ޕިންގ އާ ދެބޭފުޅުންވެސް އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައިވާކަން ކްރެމްލިން އިން ހާމަ ކޮށްފިއެވެ.ދެބޭފުޅުން ވަނީ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ.
ފޯންކޯލް އަށް ފަހު ކްރެމްލިންގެ އެއިޑް ޔޫރީ އުޝަކޯވް ރޮއިޓާސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޝީވަނީ އިޒްރޭލުގެ އަމަލުތަކަކީ އދގެ ޗާޓަރާ އަދި ބައިނަލްއަގްވާމީ ގާނޫނު ތަކާވެސް ޚިލާފް ކަމެއް ކަމަށްވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ނަމަވެސް މިފެށިފައިވާ ހަމަލާތަކުގެ މައްސަލަޔަށް މިލިޓަރީ ހައްލެއް ނުގެނެވޭނެ ކަމަށް ދެލީޑަރުންވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ކްރެމްލިންގެ އެއިޑް މައުލޫމާތު ދީފައި ވެއެވެ.އަދި މައްސަލަޔަށް ހައްލެއްހޯދަންޖެހޭނީ ސިޔާސީ އަދި ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރޭން ކަމަށް ދެބޭފުޅުންވެސް ގަބޫލު ކުރައްވާކަމަށް އޭނާ ބުނެފައިވެއެވެ.
އެމެރިކާގެ ނަން ނުގެންނަވާ ރައީސް ޝީ ވަނީ ސަރަހައްދުގައި ނުފޫޒުގަދަ ބޮޑެތި ގައުމުތަކުން މައްސަލަ ފިނިކުރުމަށް ޑިޕްލޮމެޓިކް މަސައްކަތް އިތުރު ކުރަން އެބަޖެހޭކަމަށް ވިދާޅުވެފައިވެއެވެ.އަދި ހަނގުރާމައިގައި ބައިވެރިވާ ދެގައުމުން،ޚާއްސަކޮށް އިޒްރޭލުން،މައްސަލަ އިތުރަށް ހޫނުވެގެންގޮސް ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވުމުގެ ކުރިން ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ޝީ ވިދާޅުވެފައި ވެއެވެ.މީގެ އިތުރުން ޝީ ވަނީ އާންމު ފަރުދުން ހިމާޔަށް ކޮށް ރައްކާތެރި ތަންތަނަށް ގެންދިމުމަށް ދެފަރާތުންވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިފޯނު ކޯލްގައި ރައީސް ޕޫޓިން ވަނީ މިހާރު ހަތްވަނަ ދުވަހަކަށް އެޅިފައިވާ ހަމަލާތަކުގައި ބައިވެރި ނުވުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.
ޕޫޓިން ވަނީ ދާދިފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް، ބޮޑުވަޒީރު ނަތަންޔާހޫ އަދި އިރާނުގެ ރައީސް ޕެޒެޝްކިއާން، މިތިން ބޭފުޅުންނާވެސްބައްދަލް ކުރައްވާ، ހަމަލާތައް ހުއްޓާލުމާބެހޭ މަޝްވަރާތަކުގައި މެދުވެރިއެއްގެ ބައި ކުޅެން ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ރަޝިޔާގެ ހުށައެޅުން އަދި ތިން ބޭފުޅުންކުރެ އެއްބޭފުޅަކުވެސް ގަބޫލުކޮށްފައެއްނުވެއެވެ.
ޗައިނާއިން ތެހެރާން އަށް މަދަދުވެރި ވަމުން އަންނަތާ ދުވަސް ތަކެއް ވަނީ ވެފައެވެ. މިގޮތުން އދ ގެ ދަތިކުރުމުގެ ފިޔަވަޅުތައް ފަހަނަ އަޅައި، ޓްރާންޝިޕްމަންޓް ވިޔަފާރިއެއްގެ ގޮތުގައި އިރާނުގެ ކްރޫޑް އޮއިލް ގަންނަމުން ދެއެވެ. މެލޭޝިޔާގެ އައްސޭރިފަށަށް ތެޔޮގެންދިއުމުނއިރާންގެ ކްރޫޑް އޮއިލްގެ 90 އިންސައްތަ ޗައިނާއަށް ގަންނަ ކަމަށް ވެއެވެ.މިގޮތުން ޗައިނާއިން އިރާނަށް މާލީ އެހީ ވަމުންގެންދެއެވެ.
ކަށްވަރުނުވާ ބައެއް ކަބަރުތައް ބުނާ ގޮތުގައި ޗައިނާއިން އެހީގެ ތެކެތި ހިފައިގެން ދިޔަ ތިން މަތިންދާބޯޓެއްވެސް ވަނީ އިރާނަށް ދާދިފަހުން ޖައްސާފައެވެ.