ރުޅިވެރިކަމާއެކު ބަދަލު ހިފާނަން: ނަތަންޔާހޫ

Loading

Facebook
Twitter
WhatsApp

އިރާނުން ބުރާސްފަތި ވިލޭރޭ އިޒްރޭލަށް ދީފައިވާ ހަމަލާތައް ރުޅިވެރިކަމާއެކު ކުށްވެރިކޮށް ބަދަލު ހިފާނެކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ދީފިއެވެ.

އީރާނުން ހަމަލާ ދީފައިވަނީ، އިޒްރޭލުގެ ކޮމާންޑު އެންޑު އިންޓެލިޖެންސް ހެޑްކުއާވާޓާރޒު އާއި އިންޓެލިޖެންސް ކޭމްޕާއި މިނޫނަސް ގިނަ ތަންތައް ހިމެނެއެވެ. މި ހަމަލާތަކުގައި 47 މީހުން މަރުވެ 6 މީހަކު ޒަހަމުވެފައިވެއެވެ.

މި ހަމަލާތަކާއި ގުޅިގެން އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާ ބެން ގްވީރު ބުނެފައިވަނީ، އީރާނުން އިޒްރޭލުގެ ސަލާމަތަށް ނުރައްކާ ކޮށްފި ކަމަށެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ވެރިން އީރާނުގެ ހަމަލާތައް މިގޮތައް ކުށްވެރި ކުރާއިރު ފަލަސްޠީނުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިވިލާތް އިސްވެ އޮވެ އުފައްދައި ދިން ދުވަހުން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ ރައްޔިތުންކުރެ ލައްކައަކަށްވުރެ ގިނަ މީހުން ޝަހީދުކޮށް ގެދޮރު ސުންނާފަތިކޮށް، އެތައް މިލިޔަން މީހުން ހިޖުރަކުރުމަށް ވަނީ މަޖުބޫރު ކުރުވާފައެވެ.

އަދި ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަން ފެށި ޤަތުލު ޢާއްމުގައި މިހާތަނަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަސްދޮޅަސްހާހަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް މިސްކިތްތަކާއި، ހޮސްޕިޓާތަކާއި ސްކޫލްތަޖާއި ގޯތި ގެދޮރާއި ޔުނިވަރުސިޓީތަކާއި މަގުތައް ހަލާކުކޮށް ސިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެތައް ނޫސްވެރިންނަކާއި، ސިޔާސީ ފަރާތްތައް ޝަހީދު ކޮށް ބިންތަކަށް ވެރިވެގަނެފައިފައިވެއެވެ.

އެހެން ނަމަވެސް ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާއި، ޢަރަބި ޤައުމުތައް ހިމެނޭ ގޮތުން މިކަންކަން ކުށްވެރިކޮށްލުން ފިޔަވައި، އެކަންކަން ހުއްޓުވުމަށް ކުރި މާބޮޑުކަމެއް ނެތެވެ. އދ. އާއި އީ.ޔޫ. އާއި އޯ.އައިސީ. އާއި ކޮމަންވެލްތާއި، ބައިނަލް އަޤުވާމީ ޖިނާޢީ ކޯޓް ވެސް ނެތް ފަދައެވެ.

އެހެންކަމުން މިހާރު އިރާނުން އިޒްރޭލަށް ދޭ ހަމަލާތަކުގެ ސަބަބުން މުސްލިމު ދުނިޔޭގެ ޢާއްމު ރައްޔިތުންގެ ލޯތްބާއި، ތާއީދު އަދި އިންސާފަށް މަސައްކަތްކުރާ އެންމެހައި، ފަރާތްތަކުގެ ލޯތްބާއި ތާއީދު އީރާނަށް އޮތްކަން ވަނީ ފާހަގަ ކުރެވިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް