ކުކުޅު ރިހަ

Loading

June 7, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ކިލޯގެ ކުކުޅެއް
1 ތަށި ޕްލެއިން ޔޯގަޓް
1/2 ސައިސަމުސާ ރީނދޫ
1/2 ސައިސަމުސާ މުގުރި މިރުސް
1 ސައިސަމުސާ ލޮނު
1 ލޮނުމެދު (ގާނާލާފައި)
1 އިންޗި އިނގުރު (ގާނާފައި)
2 ލޮނުމެދު (ކޮށާފައި)
2 ހިކަނދިފަތް
ބޮޑު ފިޔައެއް (ތުނިކޮށް ކޮށާފައި)
2 އަލުވި (ރިހަޔަށް ކޮށާފައި)
2 މޭޒުމަތީސަމުސާ ކުކުޅު ހަވާދު
1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:
ކުކުޅު ސާފުކޮށްލާފައި ބޭނުންވާ ބޮޑުމިނަކަށް ކޮށާލާށެވެ.
އެއަށްފަހު ވަކިން ތައްޓަކަށް ޔޯގަޓް، ރީނދޫ، އިނގުރު، ލޮނުމެދު، މުގުރި މިރުސް، ލޮނު، އަދި 1 މޭޒުމަތީސަމުސާ ކުކުޅު ހަވާދު އަޅައި ކުކުޅުތަކުގައި ހާކާލާފައި ގަޑިއެއްހާއިރު ބަހައްޓާށެވެ.
ތެޔޮފޮދެއްގައި ފިޔާ، ލޮނުމެދު، ހިކަނދިފަތް މީރުކޮށްލާށެވެ.
ފިޔާގަނޑު މީރުވުމުން 1 މޭޒުމަތީސަމުސާ ހަވާދު އަޅައި އެއްކޮށްލާފައި ކުކުޅާއި އަލުވި އަޅައި މަތިޖަހައިގެން ގަދަގިނީގައި ކައްކާލާށެވެ.
މިނިޓަކު އެއްފަހަރު ކުކުޅުތައް ހަލުވާލައި ފުށުންޖަހަމުން ގެންދަންވާނެއެވެ.
4 މިނިޓެއްހާއިރު ކައްކާލާފައި ގިނި މަޑުކޮށްލާށެވެ.
ތެލިން ފެން ހިނދެންފެށުމުން 1 ޖޯޑު ފެން އަޅައި މަތިޖަހައިގެން މަޑުގިނީގައި 10 ވަރަކަށް މިނިޓުވަންދެން ކައްކާލާށެވެ.

ނޯޓް:

  • ދިޔަ އިތުރުކޮށްލަން ބޭނުންނަމަ އިތުރަށް ފެން އަޅައި ލޮނު ހެޔޮވަރުކޮށްލާށެވެ.
  • ރަހަ މީރުކޮށްލުމަށް ކޮށާފައިހުރި ކޮތަނބިރިފަތްކޮޅެއް މައްޗަށް އަޅާލެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް