މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމައިގައި ބައިވެރިވާންޖެހޭ: ހުކުރު ޚުޠުބާ

Loading

June 6, 2025
profile
Facebook
Twitter
WhatsApp

މުއުމިނުންނަކީ އެއް ހަށިގަނޑެއްގެ މިސާލުގައިވާ ބައެއް ކަމަށާއި، މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކުގެ ހިތާމައިގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ މުޖުތަމަޢުގައި ހާލުގައި އުޅޭ އެތަކެއް މީހުން އުޅޭ ކަމަށާއި، އެފަދަ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި ކުލުނުގެ ނަޒަރަކުން އެބައިމީހުންނަށް ބަލަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެތެރޭގައި، އަހަރެމެންގެ ތެރޭގައި އުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ޔަތީމު ކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚުޠުބާގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ވަރަށް ޚާއްޞަގޮތެއްގައި ތެލެސީމިއާ ކުދިންނާއި މީހުންނަކީ އެމީހުން ދިރިތިބުމަށްޓަކައި އަހަރެމެންގެ ލޭފޮދަކަށް ބޭނުންވާ ބައެއް ކަމަށާއި، އެހެންކަމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައެވެ. މިގޮތުން ހަދިޔާކުރެވޭ ކޮންމެ ލޭތިއްކަކީ ﷲގެ މަގުގައި ކުރެވޭ ޞަދަޤާތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބޭނުންޖެހިފައިވާ މީހާއަށް ފައިސާއާއި މުދަލުން، ނުވަތަ ކާއެތިކޮޅަކުން ނަމަވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކިހާ މުހިންމު ކަމެއްކަން ވަނީ ބަޔާންކޮށްދެއްވާފައެވެ.

މިގޮތުން، ރަސޫލާ صل الله عليه وسلمގެ ޒަމާނުގައި ޞަޙާބީ ބޭކަލުން އެކަކު އަނެކަކަށް އެހީތެރިވެވަޑައިގަތުމުގައި ދެއްކެވި ފުރިހަމަ ނަމޫނާގެ މުހިންމު މިސާލުތަކުގެ މައްޗަށް ވަނީ ބައްލަވައިލައްވާފައެވެ.

އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އެކަކު އަނެކަކަށް އެހީތެރިވުމާއި، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެ، އަމިއްލަ ނަފްސަށްވުރެ އަނެކާގެ ބޭނުންތައް އިސްކުރުމާއި މާފުކުރުމުގެ ސިފަ އަށަގަންނަ ކަމަށްވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް