ލ. ގަމާ ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރީގައި މަސް ހިފަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ލ. ގަމު ތުނޑި،، ފެސްފަރީ، ޢަބްދުއްޞަމަދު މުޙައްމަދު، 65، އެވެ.
ފުލުހުން ބުނީ ލ. މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ޞަމަދު ގެއްލިފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ.
ދާ ޖަހައިގެން މަސްހިފަން އޭނާ ދިޔައީ އިތުރު ބަޔަކާއެކު ކަމަށް ގަމު ކައުންސިލުން މަޢުލޫމާތުދެއެވެ.
އޭނާ ފެނުނީ ގަމު ރައްޔިތުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ހަމަ އެ ފަޅުރަށާ ކައިރިން މޫދު އަޑިންނެވެ.