ދިވެހިންގެ އަމާނާތްތެރިކަމުގެ ސަބަބުން ހިތްޕުޅަށް ފުން އަސަރުތަކެއް ކޮށްފިކަމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، ޗައިނާ އަންހެނެއްގެ ވޮލެޓް ގެއްލުނު ހާދިސާއަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ސަފީރު ވިދާޅުވީ (އެމްޓީސީސީ) ބަސްތެރެއަށް ޗައިނާ އަންހެނެއްގެ ވޮލެޓް ރޭގައި ގެއްލުނު ކަމަށެވެ.
ނަމަވެސް ބަހުގައި ހުރި ކޮންޑަކްޓަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ވޮލެޓް އަންހެންމީހާއަށް ރައްދުކޮށްފައި ވާކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މިކަމަށްޓަކައި އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.