6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ލިބިއްޖެ

Loading

June 1, 2025
profile
Facebook
Twitter
WhatsApp
ސްޓެލްކޯ

6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މާލޭގެ ހުރިހާ ހިސާބަކަށް މި ވަނީ ކަރަންޓު ލިބިފައެވެ.

މިއަދު މެންދުރު 12.45 ހާއިރު މާލެއާއި ހުޅުމާލޭން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ކަރަންޓު ކެނޑުމާއެކު މެދުނުކެނޑި ސްޓެލްކޯއިން މަސައްކަތްކުރަމުން ދިޔައީ މައްސަލަ ހައްލުކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި މާލޭ ސަރަހައްދުން އެއްކޮށް، މިހާ ގިނަ އިރަށް ކަރަންޓު ކެނޑުނު ފަހަރެވެ.

މިއީ ބޮޑު މައްސަލައަކަށް ވާތީ މިކަން ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކަމާބެހޭ މުއައްސަސާތަކަށް އަންގަވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް