ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ރައުދުގެ ބަންދަށް ފަސްދުވަސް ޖަހާފައި މިވަނީ އޭނާގެ ބަނދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސްވެސް ހަމަނުވަނީސް އިއްޔެ ހެނދުނު ބަންދުން ދޫކޮށްލުމަށްފަހު އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގެ އަލުން ފުލުހުންގެ ހައްޔަރަށް ގެންދިއުމަށްފަހުއެވެ.
މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.
ފުލުހުން ވަނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން އެރޭ ޔުމްނުއާއެެކު މއ. މާންދޫގޭދެކުނުގެއަށް ދިޔަ 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އަދި އެ 8 މީހުންނާ ގުޅުންހުރި ތަންތަންވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
![]()
