އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ސާބިތުވި މީހަކަށް 54 އަހަރަށް ޖަލަންލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލަ ސާބިތުވި 51 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެންބަރު 3، 2022 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. އަދި ތަހުގީގު ނިންމާ އޭނާ އަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ އޮކްޓޫބަރު 18، 2022 ގަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަށް ކުރި ހުކުމުގައި ބުނީ އިތުބާރުކުރެވޭ މަގާގެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ. މިގޮތުން އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ކަމަށް ބުނެފައި ވެއެވެ.
އެހެންކަމުން މި މައްސަލައިގައި 54 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައި ވާއިރު އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އެ 54 އަހަރުން ކަނޑާލުުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 51 އަހަރު ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
One Response
އިތުބާރު ކުރެވޭ މަގާމު ކޮން މަގާމެއް؟ ހަމަ ނޭނގޭތީ އަހާލީ. އިތުބާރު ކުރެވޭ އިންސާނުން އުުޅޭ.