އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ، ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 54 އަހަރުގެ ޖަލު ހުކުމެއް!

Loading

April 22, 2025
profile
Facebook
Twitter
WhatsApp
ކްރިމިނަލް ކޯޓު/ ފޮޓޯ: ސަން

އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ސާބިތުވި މީހަކަށް 54 އަހަރަށް ޖަލަންލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ ސާބިތުވި 51 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެންބަރު 3، 2022 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. އަދި ތަހުގީގު ނިންމާ އޭނާ އަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ އޮކްޓޫބަރު 18، 2022 ގަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަށް ކުރި ހުކުމުގައި ބުނީ އިތުބާރުކުރެވޭ މަގާގެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާ އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ. މިގޮތުން އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން މި މައްސަލައިގައި 54 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައި ވާއިރު އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އެ 54 އަހަރުން ކަނޑާލުުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 51 އަހަރު ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

Loading

One Response

  1. އިތުބާރު ކުރެވޭ މަގާމު ކޮން މަގާމެއް؟ ހަމަ ނޭނގޭތީ އަހާލީ. އިތުބާރު ކުރެވޭ އިންސާނުން އުުޅޭ.

Leave a Reply to މުޙައްމަދު މުސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް