ޒަކާތު ފައިސާއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނަށް ދީފި!

Loading

April 10, 2025
profile
Facebook
Twitter
WhatsApp

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނަށް ފޯރުކޮށްދީފިއެވެ.

ފަަލަސްތީނަށް ޒަކާތު ފަންޑުން ފޮނުވި އެހީ ފޯރުކޮށްދޭ ވީޑިއޯ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ފަލަސްތީނުގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ މަންޒަރެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މި ފައިސާ ހަވާލުކޮށްފައި ވަނީ އިސްރާ އެސޯސިއޭޝަނާއެވެ. އެ އެސޯސިއޭޝަނުން ވަނީ ފަލަސްޠީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން އެ އެހީ ފަލަސްޠީނު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް