ދާދި ފަހުން 112 ވަން އުފަން ދުވަސް ފާހަގަކޮށްފައިވާ ޖޯޖިޔާ އަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ މޭބަލް ޑަމްބާރު، އޭނާގެ އުމުރު އެހާދިގުވާން ދިމާވި މައިގަޑު ސަބަބު ހާމަ ކޮށްފިއެވެ. ޑަމްބާރު ބުނެފައިވާ ގޮތުގައި އޭނާގެ އުމުރު ދިގުވި ކަމަށް އޭނާ ގަބޫލު ކުރަނީ އާއިލާއާއި އެކު ގާތް،ލޯބި ގުޅުމެއް ބޭއްވުމުންނާއި ވަރުގަދަ ”ރިލިޖަސް ފެއިތު“ ނުވަތަ ދީނީ އަގިދާ އާއި މެދު އޭނާގެ ހިތުގައި އޮންނަ ޔަގީން ކަމެވެ.
1914ވަނަ އަހަރު ޖެމެއިކާއަށް އުފަން މޭބަލް ޑަމްބާރު އަށް ލިބުނީ އެންމެ ދަރިއެކެވެ.ނަމަވެސް އޭނާއަށް މާމަކިޔާ ހަތަރުކުދިންނާއި އެކުދިންގެ ފެމިލީ މެމްބަރުންދެކެ މޭބަލް ޑަމްބާރު ވަރަށް ލޯބިވާ ކަމަށް ވެއެވެ.މިހުރިހާ އެންމެންވެގެން ސެޕްޓެމްބަރ 5ވަނަ ދުވަހު މޭބަލް ޑަމްބާރު ގެ 112ވަނަ އުފަންދުވަސް ފާހަގަ ކޮށްފައިވާ އިރު ޕާޓީގައި އޭނާގެ ބޮލުގައިވަނީ ޚާއްސަ ތާޖެއްވެސް އަޅުވާފައިވެއެވެ.
ފޮކްސް ފައިވް ޗެނެލުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޭބަލް ޑަމްބާރު ދަންނަ މީހުން އޭނަސިފަ ކުރަނީ ވަރަށް ދީންވެރި،ވަރަށް ”ޕްލެސަންޓް“ އަދި އެހެން މީހުންނާއި ވާހަކަ ދައްކާ ގާތް ގުޅުންތައް ދަމަހައްޓާ މީހެއްގެ ގޮތުގައެވެ.
މޭބަލް ޑަމްބާރުގެ މުޅިހަޔާތް ހޭދަކޮށްފައިވަނީ އެހެން މީހުންނަށް ޚިދުމަތް ކުރުމާއި ހަރަކާތްތެރި ކަމުގެ ތެރޭގައި ކަމަށް ވެއެވެ.އަދި ވަރަށް ފަހާޖެހެން ދެންވެސް ކޮންމެ ދުވަހަކު ހެދުނު އަމިއްލަ ނާސްތާ އަމިއްލަ އަތުން ތައްޔާރު ކުރުމަށް އޭނަ ލޯބި ކުރިއެވެ.އޭނާގެ ގެޔަށް ޒިޔާރަތް ކުރާ މެހްމާނުންނާއި ބައްދަލް ކޮށް ހިތްހެޔޮކަމާއި އެކު ވާހަކަ ދައްކާ، އޭނާގެ މާޒީގެ ވާހަކަ ތައް ހިއްސާކުރުމަށް އޭނާ މިހާރުވެސް ލޯބި ކުރާކަމަށް ވެއެވެ.
މޭބަލް ޑަމްބާރުއޭނާގެ ދަރިފުޅާއިއެކު އުޅުމަށް 1994 ވަނަ އަހަރު އެމެރިކާގެ ފްލޮރިޑާ އަށް ބަދަލުވިއެވެ. ނަމަވެސް 2025 ވަނަ އަހަރު އޭނާގެ މާމަ ދަރިފުޅަކާއި އެކު އުޅުމަށް ނޯތު ކެރޮލައިނާ ގެ ފެޔެޓްވީލް އަށް ބަދަލުވެފައި ވެއެވެ.
ފޮކްސް ފައިވް ބުނާ ގޮތުން މޭބަލް ޑަމްބާރުގެ ހަޔާތުގެ އެންމެ ބޮޑުބަޔަކީ އޭނާގެ ފެމިލީއެވެ.އޭނާ ބުނެފައިވާ ގޮތުގައި ދަރިންނަށް ތިމާއަށް ވީ އެންމެ ”ބެސްޓް“ ކޮށް ކަންތައް ކޮށްދިނުން ވަރަށް މުހިންމެވެ. އޭރުން އެކުދިންވެސް އެހާހެޔޮވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.އޭނާގެ ހަތަރު މާމަ ދަރިންނާއި އެކުދިންގެ ކުދިން އަބަދުވެސް އޭނާގެ ވަށައިގެން އުޅެމުން ދާކަމަށް އޭނާ ބުނެފައި ވެއެވެ.
ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ ލީޑިންގ އޮންކޮލޮޖިސްޓް ޑރ އެޒެކީލް އިމެނުއަލް ވިދާޅުވާ ގޮތުގައި ބަލިޖެހުން ދުރުކޮށްދީ އިންސާނުންގެ އުމުރު ދިގުވާ ސަބަބު ތަކުގެ ތެރޭގައި ހަރަކާތްތެރި ސޯޝަލް ލައިފެއް އުޅުމާއި،ގަޔާވާ ހޮބީތައް ގެންގުޅުމާއިއެކު ކަންތައްތައް ދަސްކުރުމަށް ޝައުގުވެރިވެރިވެ ”މެންޓަލީ“ އެކްޓިވް ކޮށް ހުރުމާއި،ޕްރޯސެސްޑް ކާނާ އާއި އެކު ފޮނިކާތަކެއްޗާއި ދުރުވުމާއި، މެދުމިނުގެ ކަސްރަތު ޕްރޮގްރާމެއް ގެންގުޅުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި އެކު ފުރިހަމަ ނިދި ލިބިގަތުން ހިމެނެއެވެ.އޭނާ ވިދާޅުވާ ގޮތުގައި ހަކުރު ނުވަތަ ފޮނިކާތަކެއްޗާއި ދުރުވުން ރަގަޅު ނަމަވެސް އެތަކެތި މުޅިން ކަނޑާލުން ވެސް ރަގަޅެއް ނޫނެވެ.
ދީނީ ކަންކަމަށް އިސްކަންދީ ބަރާބަރަށް އަޅުކަން އަދާކުރަމުން ދިއުމާއިވެސް އުމުރު ދިގުވުމާއި ގުޅުމެއް ވާކަމަށް ރިސަރޗް ތަކުން ދައްކާފައިވާ ކަމަށް އެކި ރިޕޯޓްތަކުގައި ވެއެވެ.
ދުނިޔޭގައި މިވަގުތުހުރި އުމުރުން އެންމެ ގިނަ ދުވަސްވީ މީހަކީ އިންގްލަންޑަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ އީތެލް ކެޓަހަމް އެވެ. އޭނާވަނީ މިދިޔަ އޮގަސްޓްމަހު 117 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފައެވެ.
ކެޓަހަމް އެސޯސިއޭޓަޑް ޕްރެސް އަށް ބުނި ގޮތުގައި އޭނާގެ އުމުރު އެހާ ދިގުވުމުގެ ސިއްރަކީ އެއްވެސްމީހަކާ ދެބަސްވެ ޒުވާބުކުރާ ހަމަޔަށް ނުދިއުމެވެ.އޭނާ ބުނި ގޮތުގައި މީހުން ދައްކާވާހަކަ އަޑުއެހުމަށްފަހު އޭނާ ކަންތައް ކުރަނީ އޭނާ ބޭނުންވާގޮތަށެވެ!!
![]()
