އުތުރު މެރިޓައިމް ސަރވިސްގެ ވޯޓަރ ބަންކަރިން ޚިދުމަތަށް ބޭނުންވާ ފެން ބާޖު ތުރާކުނުގައި ބާއްވަން ސޮއި ކޮށްފި

Loading

Facebook
Twitter
WhatsApp

އުތުރު މެރިޓައިމް ސަރވިސް އިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖު ތިލަދުންމަތި އުތުރުބުރީ ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ތުރާކުނު ކައުންސިލާދެމެދު މިއަދު ސޮއިކޮށްފިއެވެ.

އެގޮތުން މި ފަހުމުނާމާގެ ދަށުން، އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ދިނުމަށް އެމް.ޕީ.އެލް އިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ފެން ބާޖް ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ.

މިހާރުވެސް ގްރީކްގެ 14 ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން ފެން ހޯދަން އެދިފައި އެބައޮތް ކަމަށާއި ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ ކަމަށާއި މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ވިދާޅުވިއެވެ.

ތުރާކުނު ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް