ޒަކިއްޔާގެ ހަށިގަނޑު ތަހުގީގަށް މާލެ ގެނައުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނ.ހޮޅުދޫ،މާރަނގަ/ ޒަކިއްޔާ މޫސާ50އ ގެ ހަށިގަނޑު ތަހުގީގަށް ފަހު އަނބުރާ އެ ރަށަށް މިއަދު ގެންގޮސްފިއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން މިއަދު ބުނީ، ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ތަހުލީލުތައް ކުރުމަށްފަހުއަނބުރާ އެ ރަށަށް މިއަދު ހެނދުނު ފޮނުވާލާފައިވާ ކަމަށެވެ.

ޒަކިއްޔާ ހިނެވުމުގެ މަސައްކަތް މިހާރު ހޮޅުދޫގައި ކުރިއަށް ދާއިރު އިތުރު މައްސަލައެއް ދިމާނުވާ ނަމަ އާއިލާއަށް މޫނު ދައްކައި މެންދުރު ނަމާދަށް ފަހު އޭނާ ވަޅުލުމަށް ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް