ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެއް

Loading

Facebook
Twitter
WhatsApp

ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެ ފަށައިފިއެވެ.

ދާޙިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 10ވަނަ ދުވަހުން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.

އެގޮތުން އެ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން އިތުރަށް ހަރުދަނާ ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލައި އެކަންކަން ހައްލުކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރާނެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް މި ޕްރޮގްރާމުގެ ތެރެއިން ހިއްސާކުރާނެއެވެ.

އޭގެ އިތުރުން، އުޅަނދު ދުއްވުމުގައި ފުލުހުން ވެސް ސަމާލުކަންދޭންޖޭ ކަންކަމާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް މައުލޫމާތު ހިއްސާކުރާނެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، މާލެ، ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް