ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި

Loading

Facebook
Twitter
WhatsApp

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ 50އ މަރުވެފައި އޮއްވާ އިއްޔެ ފެނުނު މައްސަލަ އިތުރު ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގާ ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ބުނި ގޮތުގައި ހޮޅުދޫގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމުގެ ރިޕޯޓް ލިބުނީ އިއްޔެ ހެނދުނު 10:10 ހާއިރު ކަމަށާއި .
ފުލުހުން އެތަނަށް ގޮސް އޭނާގެ ހަށިގަނޑު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ޒަކިއްޔާގެ މަރުގެ ތުހުމަތުގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް