މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމާއި ތަމްރީނު ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިކަންހާމަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރި ސިނާއަތު ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއަދުގެ މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަމްޒަތު އަޙްމަދާއި ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ޑީން ޑރ. އަހުމަދު ރިޔާޒް ޖައުހަރީއެވެ.

އެގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި މަސްވެރިން ތަމްރީނު ކުރުން ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

އަދި މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރާނެ ދާއިރާތައް ދެނެގަތުމާއި ތަމްރީނު ދިނުމާއި ހުނަރު އިތުރު ކުރުމުގެ މުހިންމުކަމާ މެދުވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމުގެ މުހިންމުކަމާ މެދުވެސް މަޝްވަރާ ކުރެވުނެވެ. ހަމައެހެންމރ މަސްވެރިކަމާއި ކަނޑުތަކުގެ ދިރާސާ ކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް