އިންޑިއާ އިން އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ބައެއް ޤައުމުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އިންޑިއާ އިން ފެނިއްޖެއެވެ.

މިއީ މި ބަލި ޖެހިފައިވާ ކަމަށް އެ ޤައުމުގައި ރިކޯޑު ކުރެވުނު ފުރަތަމަ ޕޭޝެންޓެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މި ބަލި ޖެހިފައި ވަނީ އެ ބަލި ފެތުރެމުން އަންނަ ޤައުމަކަށް ދާދިފަހުން ދަތުރުކުރި ޒުވާން ފިރިހެނަކަށް ކަމަށެވެ.

އެހެންކަމުން އޭނާ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައިވާއިރު އޭނާގެ ހާލު ”ސްޓޭބަލް“ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ނަމަވެސް އޭނާއަށް ޖެހިފައި ވަނީ އެމްޕޮކްސްގެ ކޮން ވޭރިއެންޓެއް ކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި އެ ކަން ދެނެގަތުމަށް އެ މިނިސްޓްރީން މިހާރު ދަނީ ތަހުލީލުތައް ކުރަމުން ކަމަށްވެސް ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް