މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 81 ވަނަ ޤައުމީ ދުވަސް

Loading

Facebook
Twitter
WhatsApp

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 81 ވަނަ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ނިސްބަތް ވަނީ، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ.


އެގޮތުން ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 އަހަރުވީ ދިގު އަނިޔާވެރި ވެރިކަމުން ބޮޑު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ޕޯޗުގީޒުން އަލި ރަސްގެފާނު ޝަހީދުކޮށް ރާއްޖެ ހިފާފައި ވަނީ 965 (19 މެއި 1958)ގައެވެ. 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވީ އުތީމު އަލްޚަތީބު ޙުސައިން ތަކުރުފާނާއި އައިމިނާގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. އަނދިރި އަނދިރީންގެ ގަޔަށް މުޙައްމަދު ތަކުރުފާނު ބަޑިޖައްސަވައި، 1 ރަބީޢުލްޢައްވަލު 981 ވަނަ އަހަރު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރައްވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އަނބުރާ ހޯދަވައި ދެއްވިއެވެ.
އެހެންކަމުން 1946 ވަނަ އަހަރުން ފެށިގެން ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހި ރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އިސްލާމް ކަންމަތީ މިނިވަންކަމާއި ސުލްހަ މަސަލަސްކަން މަތީގައި އަބަދުމެ ލެހެއްޓެވުމެވެ. އާމީން!

Loading

One Response

  1. ސިޔާސީ ބޭފުޅުން ގައުމު ހަލަބޮލިކޮށް، އަމިއްލަ އެދުންތައް އިސްކޮށް ހަދަނީ އަމިއްލަ މަންފާއަށް. ގައުމު އިސްކޮށް ގައުމީ ވަންތަކަން އިސްކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ހަރު އަޑުން ގޮވާލަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް