ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސްދީ ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދައިފި

Loading

Facebook
Twitter
WhatsApp

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ޚާއްޞަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސްދީ ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ ޚާއްސަ ހަރަކާތުގައި މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ތެރެއިން މާލޭގެ 582 ތަނެއް ވަނީ ބަލާ ފާސްކޮށްފައި ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އަދި މި ބަލާ ފާސްކުރުމުގެ ތެރޭން 1،025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއެވެ.

މި ހަރަކާތުގައި، ވިސާ ފުރިހަމަ ނުވާ 273 ބިދޭސީންނަށް ނޯޓިސް ވަނީ ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތް ކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ. މި ހަރަކާތުގެ ތެރެއިން ވަނީ، ރާއްޖޭގައި ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރެއިން 10 މީހަކު ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ މި އޮޕްރޭޝަންގައި ޖުމްލަ 211 އިމިގްރޭޝަން އޮފިސަރުން 52 ގްރޫޕްއަކަށް ބަހާލައި މާލޭގެ 26 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް