އައިޖީއެމްއެޗްގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެން މަތިވެއްޖެ

Loading

August 17, 2024
sandhaanu news
Facebook
Twitter
WhatsApp

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހޮސްޕިޓަލުގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ހޮސްޕިޓަލްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ އަކީ އައިޖީއެމްއެޗުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ހަމައެހެންމެ މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީވެ މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Loading

2 Responses

  1. ނެތެއްނު ދެން ސަލާމަތެއް! އައިޖީއެމްއެޗްގެ ނަރުހަކު މީހެއްގެ ފިރިއަކު ލައްވާ އެމީހާގެ އަނބިމީހާ މަރާލައިފި. އެވެސް ވަކި ހުއްދައަކަށް ނޫނީ ދޫނުކުރާ އިންޖެކްޝަންތަކެއް ވަގަށް ނަގައިގެން.
    އައިޖީއެމްއެޗްގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވީ.
    ހައްތަހާވެސް އަންހެނުން. ކަލޭނޭ ދުނިޔެ ނިމެނީ. ރައްކާތެރިކަން ފޯރުކޮށްދޭން ތިބި މީހުންނަށް އިތުބާރު ކެނޑި އަހަރެމެން ނަފުސާނީ ވެއްޖެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް