ޕީއެންސީ މެންބަރުންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 200،000ރ. ހަދިޔާކޮށްފިއެވެ.

ޕީއެންސީ މެންބަރުންގެ ފަރާތުން މި ފައިސާ ހަދިޔާކޮށްފައި ވަނީ ފަލަސްތީނާ އެކު ދިވެހީން“ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯނުގައެވެ.

އެގޮތުން ޕީއެންސީ މެންބަރުންގެ ފަރާތުން ހަދިޔާކުރި މި ފައިސާ ހަވާލުކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ފައިސާ ހަވާލު ކޮށްދެއްވުމަށްފަހު އަބްދުއްރަހީމް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

ޕީއެންސީ މެންބަރުންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރު މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

މީގެ އުތުރުން ”މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް“ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއް ވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް