މާދަމާ ރައީސް ޤައުމާއި މުޚާތަބު ކުރައްވަނީ

Loading

Facebook
Twitter
WhatsApp

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް މާދަމާ ޤައުމާއި މުޚާތަބު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ޤައުމާއި މުޚާތަބު ކުރައްވާނީ ސޯޝަލް މީޑިއާގެ ވަޞީލަތްތަށް މެދުވެރިކޮށެވެ. އަދި މާދަމާގެ ޚިތާބު ދެއްވުމަށް ހަމަޖހިފައިވަނީ މާދަމާ ހެނދުނު 10:00ގަ އެވެ.

މާދަމާ ރައީސުލް ޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވަން ހަމަޖެހިފައިވާއިރު، ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އެހެން އަހަރުތަކުގައި އެޖަލްސާގައި ދެމުން އަންނަ ޤައުމީ އިނާމު ދިނުންވެސް ވަނީ ފަސްކޮށްފައެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބިޢުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. މި އަހަރުގެ ޤައުމީ ދުވަސް ބައްދަލު ވަނީ މާދަމާ އަށެވެ. އެހެން އަހަރުތަކާއި ޚިލާފަށް ކޮވިޑްގެ ޙާލަތުގެ ސަބަބުން، ޤައުމީ ދުވަހުގެ އިޙްތިފާލުތަށް މިއަހަރު މިވަނީ ނުބާއްވާ ގޮތަށް ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް