ހަމައެކަނި މައުންޓަން ޑިއު ދިން ކުއްޖަކު މަރުވުމުން މަންމަ ޖަލަށް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އަންހެނަކު، ހަތަރު އަހަރުގެ ދަރިފުޅަށް ކޯލްޑް ޑްރިންކެއް ކަމަށްވާ ”މައުންޓަން ޑިއު“ އެކަނި ދިނުމުން ކުއްޖާ މަރުވުމާއި ގުޅިގެން 13 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލައިފި އެވެ. ހަކުރު ބަލީގެ ސީރިއަސް ބައްޔެއްގައި ކުއްޖާ މަރުވެފައިވަނީ 2022 ވަނަ އަހަރުއެވެ. ކާމިޓީ ހޮއެބް ކިޔާ ކުއްޖާ މަރުވި އިރު އަގައިގެ ދަތްތައްވެސް ވަނީ ހަލާކުވެގެން ގޮސްފައި ކަމަށް ވެއެވެ.

މި ހާދިސާގައި ކާމިޓީގެ ބައްޕަ ވެސް ވަނީ ކުއްޖާގެ މަރަށް ނުސީދާ ގޮތުން ނަމަވެސް ޒިންމާވާކަމަށް އެއްބަސް ވެފައެވެ. އަދި އޭނާގެ މައްޗަށް ޖޫން 11 ވަނަ ދުވަހު ހުކުމް ކުރެވޭނެ ކަމަށް ވެއެވެ.

އެކުޑަ ކުއްޖާ ކާމިޓީ ހޮއެބް ގެ ކުރު ހަޔާތުގައި އެއްވެސް ފައިދާހުރި ކާނާއެއް ދީފައި ނުވާކަން ވަނީ ހާމަވެފައެވެ. އަދި މިކަމާގުޅިގެން ސިއްހައްހަތު ގޯސް ވެގެން ދިއުމުންވެސް ސިއްހީފަރުވާވެސް ހޯދާފައި ނުވާ ކަމަށް ވެއެވެ.

އެމެރިކާގެ އޮހާޔޯ އަށް ނިސްބަތްވާ ދެމަފިރިން އިމަރޖެންސީ ޚިދުމަތަށް ގުޅާފައިވަނީ ހަމައެކަނި އެއްދުވަހަކު ކުއްޖާ މުޅިން ނޫވެ ނޭވާލުން ހުއްޓުމުންނެވެ. އެތަނަށް ހާޒިރުވި މެޑިކްސް ކުއްޖާ ބެލުމަށް ފަހު ބުނެފައިވަނީ ކުއްޖާގެ ސިކުނޑި މަރުވެފައިވާ ކަމަށެވެ.

އިތުރަށް ބަލާ ޓެސްޓް ތައް ހެދުމުން އިގިފައިވަނީ ކުއްޖާޔަށް ޑަޔަބެޓިކް ގެ ސީރިއަސް ވައްތަރެއް ޖެހިފައިވާ ކަމެވެ. އަދި ބަލީގެ އަސަރު ސިކުނޑި އަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަން އިގިފައި ވެއެވެ.

ހަކުރު ބަލީގެ އިތުރުން ކުއްޖާޔަށް ވަނީ ސީރިއަސް ޑެންޓަލް މައްސަލަ ތަކެއްވެސް ކުރިމަތިވެފައެވެ. މިބަލީގެ ސަބަބުން ދަތްތައް ގިރިގެން ދާންފަށާފައިވާ ކަމަށް ވެއެވެ. މިހެން ދިމާވެފައިވަނީ އެންމެ ކުޑަ ދުވަހުން ފެށިގެން ބުއްފުޅިއެއްގައި ފޮނި ބުއިމެއް ކަމަށްވާ މައުންޓަން ޑިއު ދިނުމުން ކަމަށް ވެއެވެ.

މައްސަލަ ކުރިޔަށް ދިޔަ އިރު ޕްރޮސެކިއުޓަރުންވެސް ބުނެފައިވަނީ ކުއްޖާޔަށް ފުޅިން ދިނުން މާކުރިން އޮންނަން ޖެހޭނީ ހުއްޓާލާފައި ކަމަށެވެ.

ފާހަގަ ކުރުން މުހިންމު ގޮތުގައި މައުންޓަން ޑިއުގެ ކޮންމެ ދަޅެއްގައި 50 ގްރާމް ހަކުރު އެކުލެވެއެވެ. މައްސަލައިގަ ޕްރޮސެކިއުޓިންގ އެޓާނީ ވެސް ވިދާޅުވެފައިވަނީ އެއީ މަރުވާން ނުޖެހޭ ކުއްޖެއްކަމަށެވެ. އަދި މިއީ އޭނާއަށް ކުރިމަތިވި އެންމެ ހިތްދަތިކަން ގެނުވި ކޭސް ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓް ތައް ބުނާ ގޮތުން މަރުވި ކުއްޖާގެ މަންމަ އަށްވެސް ވަނީ ތަފާތު ބަލި ތައް ޖެހިފައެވެ. ނަމަވެސް މިބަލިތަކަށް ފަރުވާ ހޯދުމަށް އޭނަ އަބަދުވެސް އިސްކަން ދެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް