އިންޑިޔާގެ ކުޅިވަރު އާކޭޑް އެއްގައި އަލިފާން ރޯވެ 27 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކުޅިވަރު އާކޭޑެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އެއްގައި 27 މީހުން މަރުވެއްޖެ އެވެ. ގުޖްރާތުސްޓޭޓް ގެ ރާޖްކޮޓް ގައި ހުންނަ އާކޭޑްގައި ހޮނިހިރު ދުވަހު ހަވީރު ރޯވި އަލިފާނުގެ ހުޅުގަނޑާ ދުން ވަރަށް މައްޗަށް އަރަމުން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ. މިހާދިސާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ އިރު މަރުވެފައިވާ އިތުރު މީހުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

ކުޅިވަރު އާކޭޑްގައި އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ ކަމަށާ ކަމާބެހޭ ތަހުގީގް ކުރިޔަށް ގެންދިއުމަށް ޚާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް ގުޖްރާތުގެ ޗީފް މިނިސްޓަރ ބުޕެންދުރަ ޕަޓޭލް ވަނީ ވިދާޅުވެފައެވެ.

މިހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަމޯދީ ވެސް ވަނީ ތައުޒިޔާ ވިދާޅުވެ މަރުވެ މީހުންގެ އާއިލާ ތަކަށް ހިއްވަރު ދެއްވާފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް