ފޮޓޯނެގުން ހުއްޓުވުމަށް މައުންޓް ފުޖީ ކުރިމަތީގައި ފަރުދާއެއް ދަމައިފި

Loading

Facebook
Twitter
WhatsApp

ޖަޕާންގައި ޓުއަރިސްޓުން ފޮޓޯނެގުން ހުއްޓުވުމަށް މައުންޓް ފުޖީ ކުރިމަތީގައި ފަރުދާއެއް ދަމައިފި އެވެ. މިގޮތުން ކްރިކެޓް ޕިޗް އެއްހާ ދިގު ނެޓުގެ ފަރުދާއެއްވަނީ ދަމާފައެވެ. ޚަބަރުލިބޭ ގޮތުގައި މިގޮތަށް ކަންތައް ކޮށްފައިވަނީ ބަރު ލަގެޖް ތައް މަގުމަތީގަ ދަމަމުން ޓްރެފިކް އަށް ސަމާލުކަމެއް ނުދީ ޕޭވްމަންޓް ތަކުގެމަތީގައާއި މަގު މެދުގަވެސް ޓުއަރިސްޓުން އެމީހުން ބޭނުންވާ ފޮޓޯ ނެގުމަށް މަސައްކަތް ކުރާތީ އެކަން ހުއްޓުވުމަށެވެ.

ސްނޯއިން ތާކިހާ އެޅިފައިވާ 12،389 ފޫޓު އުސް މައުންޓް ފޫޖީ ފަހަތުން ފެންނަ ގޮތަށް ފޮޓޯއެއް ނުވަތަ ސެލްފީ އެއް ނަގާލުމަކީ އިންސްޓަރ ގްރާމް ނުވަތަ ޓިކްޓޮކް ފަދަ ތަންތަނުގައި ހިއްސާ ކޮށްލުމަށް ވަރަށް ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމެކެވެ. އެހެން ކަމުން ތަނުގެ އަހުލުވެރިންނަށް ވާ ދައްޗަށް ބެލުމެއްނެތި ޓުއަރިސްޓުން ފޮޓޯ ނެގުމާއިގެން މަސްއޫލު ވެއެވެ.

މައުންޓް ފުޖީ އެންމެ ރީތިކޮން ފެންނަ އަވަށް ކަމަށްވާ ފޫޖީ ކަވަގުޗިކޯ އަށް ވަނީ ޓުއަރިސްޓުން ގިނައިން އައުން މިހާރު މައްސަލަ އަކަށް ވެފައެވެ. ޖަޕާންގެ ފައިސާ ޔެން ގެ އަގަށް އައި ބަދަލާ އަދި ޕެންޑަމިކް އަށް ފަހު ދަތުރު ފަތުރަށް ހުޅުވާ ލުމުން މާރޗް އަދި އެޕްރިލް މަހު އެކަނިވެސް ޖަޕާނަށް ތިންމިލިއަން ޓުއަރިސްޓުން ވަނީ ޒިޔާރަތް ކޮށްފައެވެ. މައުންޓް ފުޖީ ނިވާކުރާނެކަން އެޕްރިލް މަހު ސަރުކާރުން އިއުލާން ކުރުން ވެގެން ދިޔައީވެސް އިތުރު ބަޔަކު ފޫޖީ ކަވަގުޗިކޯ އަށް ދިއުމަށް ޝައުގުވެރިވި ސަބަބަކަށެވެ.

ސްކްރީން ޖެހުމުގެ ކުރިންވެސް ސަރުކާރުން ވަނީ މަގުމައްޗަށް ނުފޭބުމަށާ ޓްރެފިކަށް ބަލައިގެން އުޅުމަށް އަންގާ އެކި ބަސް ބަހުން ބޯޑުތައްވެސް ބަހައްޓާފައެވެ. ނަމަވެސް އެވަރުންވެސް ޓުއަރިސްޓުން ކޮންޓްރޯލް ވާގޮތް ވަނީ ނުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް