"އެއާ އިންޑިޔާ އެކްސްޕްރެސް" ގެ ދަތުރުތައް އަންގާރަދުވަހު ހަމަޔަކަށް އެޅޭނެ

Loading

Facebook
Twitter
WhatsApp

ގިނަ އަދަދެއްގެ ކެބިން ކްރޫ އެއްފަހަރާ ސަލާން ބުނުމުން ދަތުރުތައް މެދުކަނޑާލަން ޖެހުން އިންޑިޔާގެ އެއާލައިން ”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ ދަތުރުތައް އަންގާރަދުވަހު ހަމަޔަކަށް އެޅޭނެ ކަމަށް އެފަރާތުން ބުނެފި އެވެ. 300 އެއްހާ ކެބިންކްރޫ އެއްފަހަރާ ”ސިކްލީވް“ ނެގުމަށްފަހު ފޯނުތައްވެސް ނިއްވާލުމާއި ގުޅިގެން ”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ 80 ވަރަކަށް ފްލައިޓް ކެންސަލް ކުރަން ޖެހިފައި ވެއެވެ. އެގޮތުން މޭ 8 ވަނަ ދުވަހާ 9ވަނަ ދުވަހު ކެންސަލް ކުރަން ޖެހުނު ފްލައިޓް ތަކުގެ ތެރޭގައި އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓް ތައް ހިމެނެއެވެ.

އެމްޕްލޯޔީސް ޔޫނިއަން އާއި ޗީފް ލޭބަރ ކޮމިޝަނަރ އާދެމެދު ބޭއްވުނު ވާހަކަ ތަކަށްފަހު، ”ސިކްލީވް“ ނެގި ކެބިން ކްރޫ މިހާރުވަނީ ވަޒީފާއަށް ނިކުމެފަ ކަމަށް ވެއެވެ. އެމްޕްލޯޔީސް ޔޫނިއަން ގެ ޝަރުތަކަށްވީ ހަޅުތާލު ފެށުމުން ވަޒީފާއިން ވަކިކުރި 25 ކެބިން ކްރޫ އަށް އަލުން ވަޒީފާ ދިނުމެވެ. އެކަން ލޭބަރ މިނިސްޓްރީން ވަނީ ކޮށްފައެވެ.

”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ ކެބިން ކްރޫ ހަޅުތާލެއް ކުރީ އެއާލައިންގެ ފަރާތުން މުވައްޒަފުންނާމެދު ހަމަހަމަކަން ނުގެންގުޅޭ ކަމަށް ބުނެއެވެ. މިގޮތުން ސީނިއަރ މަގާމް ތަކަށް އިންޓަރވިއުކުރެވި ފާސްވެފައި ވީނަމަވެސް އެއަށްވުރެ ދަށް ވަޒީފާތައް ހަވާލުކުރުން ފަދަ ކަންތައް ކުރާކަމަށް މުވައްޒަފުން ބުނެއެވެ. މީގެ އިތުރުން އެއާލައިނުން ދޭ ”ކޮމްޕެންސޭޝަން ޕެކޭޖް“ އަށް ބަދަލު ގެނެސްފައި ވުމުންވެސް މުވައްޒަފުން ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް