މަކަރާ ހީލަތުން އެޕާޓްމަންޓް ކުއްޔަށް ދިން މީހަކު 9 މަހަށް ޖަލަށް

Loading

December 4, 2023
sandhaanu news
Facebook
Twitter
WhatsApp

މަކަރާއި ހީލަތުން ސައްހަ ނޫން އެއްބަސްވުމެއްގައި ދައްކައިގެން އެޕާޓްމަންޓް ކުއްޔަށް ދިން މީހަކު 9 މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމް އިއްވާފައި ވަނީ ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ނަޒީދު ވަނީ އެހެން މީހެއްގެ ގެއެއްގެ ދެ ފްލޯ އަކީ އޭނާއަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ދެ ފްލޯކަން ދެއްކުމަށް ސައްހަ ނޫން އެއްބަސްވުމެއް ހަދާފައެވެ.

އަދި އެ އެއްބަސްވުން ދައްކައިގެން ދެ މީހަކަށް އެ ތަން ކުއްޔަށް ދޫކޮށް ފައިސާ ހޯދާފައިވެއެވެ. އެގޮތުން މަކަރާއި ހީލަތުން އެކަކުގެ އަތުން އެޕާޓްމެންޓަށް އަހަރު ދުވަހުގެ ކުއްޔަށްވާ 624،000ރ. ނަގާފައި ވާއިރު ދެވަނަ މީހާގެ އަތުން ނަޒީދު ވަނީ އަހަރުގެ މުއްދަތަށް އެޕާޓްމެންޓް ކުއްޔަށް ނަގަން 150،000ރ. ހޯދާފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ނުވަ މަހުގެ ޖަލު އަދަބާއެކު ބަދަލުގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ނަގައިދޭން ހުކުމްކޮށްފައެވެ. މިގޮތުން ބަދަލުގެ ގޮތުގައި އެކަކަށް 624،000 ރ. ނަގައިދީފައި ވާއިރު ދެވަނަ މީހާ އަށް ނަގައިދީފައި ވަނީ 87،500ރ.އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް