ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައި ގަންނަވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ.
ޖަމީލް ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާއިރު، ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޚިޔާލުތަފާތުވުން އުފެދި ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން އެ މަނިކުފާނު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ ވެސް ޑރ. ޖަމީލއެވެ.
ޑރ. ޖަމީލު ވިދާޅުވީ ޕީޕީއެމާއި ދުރަށް ވަޑައިގަތުމަށް ރައީސް ޔާމީން ނިންމެވީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށާއި ބަޔަކު މީހުން ވަނީ ޕީޕީއެމް ހިސާރު ކޮށްފައި ކަމަށާއި ރައީސް ޔާމީންގެ ލަފާފުޅު މިހާރު އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް ބޭނުން ނުވާ ކަމަށެވެ.
ގެ އިތުރުން ރާއްޖޭގެ މީޑިއާއަކަށް ޖަމީލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އެތެރޭގައި ބަޔަކު ވަރަށް ބޮޑު ބަޣާވާތެއް ކޮށްފައިވާ ކަމަށެވެ.