ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށަނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުތެރޭގައި ދައުލަތުގެ ޚަރަދުގައި 1,000 މީހުން ހައްޖަށް ފޮނުވާނެ ކަމަށް ކަނޑައަޅާފައިވާތީ މި އަންނަ ހައްޖު މަހު ފުރަތަމަ ބެޗު ހައްޖަށް ފޮނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާއި ކޯޓާގެ ރަސްމީ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.

ދަޢުލަތުގެ ޚަރަދުގައި މީހުން ހައްޖަށް ފޮނުވުމުގެ ވައުދުގެ ރައީސް ވެވަޑައިގެންނެވީ ރިޔާސީ ކެމްޕޭނުގައި މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް