Skip to content
ރާއްޖެ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަދީބާއި ޒިޔަތު މިނިވަން ވެއްޖެ

ޙައްވާ މޫސާޙައްވާ މޫސާ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންވެއްޖެއެވެ. 

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެގޮތުން ކްލެމެންސީ ޤާނޫނުގެ ދަށުން އަދަބު ލުއި ކޮށްދެއްވުމުން އެ ދެބޭފުޅުން ވަނީ މިހާރު މިނިވަން ވެފައެވެ.  

އެ ދެބޭފުޅުންގެ އަދަބު ލުއި ކޮށްދެއްވާފައި ވަނީ ވެސް ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ގޭބަންދުގައި ތިބެގެން ތަންފީޒު ކުރަމުން ގެންދަވަނިކޮށެވެ. 

މީގެ އިތުރުން އަދީބާއި ޒިޔަތަށް ރައީސް ޞާލިހް މައާފް ދެއްވާ އަދަބު ލުއި ކޮށްދެއްވާފައި މިވަނީ އެ މަނިކުފާނުގެ ދައުރު ނިމެން 4 ދުވަހަށް ވެފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގަ އެވެ. އަދި އަދީބު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަޤާމުގައެވެ. 

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply