އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ނަޝީދު ގޮވާލައްވައިފި

Loading

November 8, 2023
sandhaanu news
Facebook
Twitter
WhatsApp

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިގޮތަށް ގޮވާލެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނަޝީދު ވަނީ ނަސްލު ނައްތައިލަން، އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލާ މިހާރުން މިހާރަށް ހަމަލާތައް ދިނުން ހުއްޓާލަން ގޮވާލައްވައިފައެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ މުޅި ދުނިޔެ ދެކޮޅުކަން ވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެ ޖަރީމާތައް ހުއްޓާ ނުލައިފިނަމަ މުޅި ދުނިޔެ އިޒްރޭލާ ދެކޮޅަށް ތެދުވުމަކީ ގާތް ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 11,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޒަހަމްކޮށްލާފައި ވާއިރު އެތަކެއް ހާސް ބައެއްގެ ގެދޮރު ވަނީ ބިމާ ހަމަކޮށްލާފައެވެ.     

Loading

2 Responses

  1. އެހުއްޓީ ހުއްޓާފަ ގެޔަށް ދިޔައީ. ކަލޭގެ ބަސް އަހާނެ ހަމަ އެކަކު ނެތޭ ދުނިޔޭގައިވެސް މި ރާއްޖާގައިވެސް އަންނި އެޕިސޯޑް ނިމެނީ ދެން ނުލިބޭނެ މަޖްލިސް ގޮނޑިގަޑެއްވެސް. ފެއިލްވީ ބާކީވީ ބޮނޑުބުޑަށް ސައިވަނީ. އަރާނެ ގެއެއް ބޯޑުގަ ބޭރުގަވެސް ނެތް. ހެހެހެހެ. ދެންއުޅެން ޖެހޭނީ ގުރައިދޫގައި.

Leave a Reply

ފަހުގެ އަޕްޑޭޓް