އިސްރާއީލު ސިފައިންނަށް ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާ

ބިޒްނަސް އިންސައިޑަރުން މިއަދު ޚަބަރު ދީފައިވާގޮތުގައި އިސްރާއީލުގެ ސިފައިން އެއްގަމުމަގުން ގައްޒާއަށް އަރާގަންނަމުން ދާއިރު އެމީހުންނަށް ކޮންމެހެން ބޭނުން ތަކެތި އިސްރާއީލު ސަރުކާރުން ފޯރުކޮށް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާކަމަށް ރިޕޯރޓްތަކުގައި ބުނެފާވެއެވެ.
މިހާރުވެސް އިސްރާއީލު ސިފައިންގެ އެތައް ހާސް ބަޔަކު އިސްރާއީލާއި ގައްޒާ އިންވެފައިވާ ސަރަޙައްދުގައި އޯޑަރުގެ އިންތިޒާރުގައި މަޑުކޮށްގެން އެބަތިއްބެވެ. ގައްޒާއަށް އެއްގަމު މަގުން އަރާގަތުމަށް އަމުރު ނުލިބެނީސް ސިފައިން ތައް އަވަހަށް އެ ސަރަހައްދަށް ޖަމާވާން އެންގިއިރު ތައްޔާރުވާނެ ފުރުސަތުވެސް ނުލިބުނު ކަމަށާއި މިހާރު ކޮންމެހެން ބޭނުންވާ ޖަނގިޔާފަދަ އެއްޗެހިވެސް ހޯދަންޖެހެނީ މީހުންގާތު ކިޔައި އާދޭސްކޮށްގެންކަމަށް އެ ރިޕޯރޓުގައި ބުނެފައިވެއެވެ.
އެމީހުންނަށް ބޭނުންވާ އެއްޗެހި ފޯރުކޮށްދޭނެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ޖަމާއަތަކުން ވާހަކަދެއްކި އެޓާއިލާމް ރިމާރ ބުނެފައިވާ ގޮތުގައި އާންމު ގޮތެއްގައި ސިފައިންނާ ހަމަޔަށް ޖަނގިޔާއެއް ނުވަތަ ކޮނޑުކެނޑިއެއް ފޯރުކޮށްދެވޭއިރު އަގު އުޅެނީ 800 ވަރަކަށް ޝެކެލް ( ގާތްގަނޑަކަށް 200 ) ވަރަކަށް އެމެރިކާ ޑޮލަރަށެވެ.
އެހެން ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ އޭޖެންސީ އެއްގެ ފަރާތުން ވާހަކަދެއްކި މާޔާ އަރްމޯން ބުނިގޮތުގައި ސިފައިން އަތުގައި ކޮނޑުކެނޑިއާއި ޖަނގިޔާއާއި ބޮލުގައި އަޅާތޮތްޕާ ކަކުލުގައި އަޅާބޭންޑު ފަދަ އެއްވެސް އެއްޗެއް ނެތެވެ.
އިސްރާއީލު ސަރުކާރު ބޮއްސުންލާފައި އޮތް މިންވަރު މިކަމުންވެސް ވަރަށްރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. އަހަރެމެންނަށް ވީ ވަރަކުން ވީގޮތަކުން ސިފައިންނަށް ބޭނުންވާ އަސާސީ އެއްޗެހި ފޮނުވަން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާއީރު ސަރުކާރު އޮތީ ނިދިބުރަކައިފައެވެ.
އިސްރާއީކުގެ އާންމު ރައްޔިތެއްގެ ޙައިސިއްޔަތުން މިކަމާ ލަދުގަންނަން ޖެހޭ ކަމަށްވެސް އޭނާ ބުންންޏެވެ. އެހެން ގައުމުތަކުން އަންނަ ފަސިންޖަރުން މެދުވެރިކޮށްގެންވެސް އެފަދަ ތަކެތި ގެނެވޭތޯ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެން. ޕީ. އާރް. ( ނޭޝަނަލް ޕަބްލިކް ރޭޑިއޯ ) ގެ ޕްރޮޑިއުސަރ ލިޒް ބޭކަރ ބުނެފައިވާގޮތުގައި އޭނާ ބޮސްޓަނުން ޓެލް އަވީވަށް ދާންވެގެން އެއަރޕޯރޓަށް އައިއިރު އެތަނުގައިވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެއްޗެހި ފޮނުވުމަށްޓަކައި ފަސިންޖަރުންގެ ކިބައިން އެތައްބަޔަކުގާތު އާދޭސް ކުރަމުން ގެންދިޔައެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ އޭޖެންސީއެއްގެ ފަރާތުން ވާހަކަދެއްކި މިޝަލް ގޭވާ ކިޔާމީހަކު އެން. ޕީ. އާރް. އަށް ބުނެފައިވާ ގޮތުގައި މައްސަލަ އުޅެނީ ހަމައެކަނި އަހަރެމެންގެ އިންޓެލިޖެންސް އާއި ބޭހޭ އިދާރާތަކުގައި ނޫންކަމަށާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަންތައް ކުރުމުގައި ރަނގަޅު އިންތިޒާމެއް ރޭވިފައި ނެތްކަން މި ހަނގުރާމައިން ވަރަށް ރީތިކޮށް އެނގިގެން ހިނގައްޖެ ކަމަށެވެ.
ޖުވިޝް ޓެލިގްރާފިކް އޭޖެންސީން ބުނެފައިވަނީ ހަނގުރާމައިގެ މައިދާނުން ޒަޚަމްވެގެން އަންނަ މީހުންނަށް ލޭ ހަދިޔާ ކުރުމަށާއި އެހެނިހެން އެހީތައް ފޯރުކޮށް ދިނުމަށްޓަކައި އާންމު ރައްޔިތުންގެ ގެތައްވެސް ވަނީ ހުޅުވާލާފައި ކަމަށެވެ.
އިސްރާއީލުގެ ޑިފެންސް ފޯސް ( އައި. ޑީ. އެފް. ) އިން ބުނަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި ސިފައިންނަށް ބޭނުންވާ ހުރިހާ ކަމެއް އޮންނާނީ ފުރިހަމަ ކޮށްދީ އަދި އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖައްސާފައި ކަމަށެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ރޭގެވަގުތެއްގައި ވަގަށް ގާޒާއަށް ވަދެގަނެ އަތުލައިގެންފާވާ އިސްރޭލުގެ މީހުން ސަލާމަތްކުރަން އުޅުނު އެތަކެއް ސިފައިންވަނީ ޙަމާސްގެ ހަނގުރާމެވެރީން މަރާލައިފައެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




Aniyaaveri ghazzaa halaaku kuravvaashi.
ފައިސަލްގެ ކޮމެންޓަށް އަޅުގަނޑު ރައްދު ދިނީ ކަމަށް ހީނުކުރެއްވުން އެދެމެވެ. އެހެންނަމަވެސް ސަންދާނު ކިއުއްވުމުގައި ސަންދާނުގެ މޮޓޯ ދެނެގަތުން ރަނގަޅުވާނެއެވެ. ސަންދާނަކީ ހަމަހަމަގޮތެއްގައި ޚަބަރުތައް ގެނެސްދެވޭތޯ މަސައްކަތްކުރާ ނޫހެކެވެ.
ފައިސަލްގެ ކޮމެންޓާ ގުޅިގެން ސަންދާނުގެ އެޑިޓަރ އިތުރަށް ވިސްނަވާނެކަމަށް އުންމީދު ކުރެވެއެވެ.