ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ލިސްޓެއް ގެޒެޓު ކޮށްފި

Loading

October 22, 2023
sandhaanu news
Facebook
Twitter
WhatsApp

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓެއް ހޯމް މިނިސްޓްރީން މިއަދު ގެޒެޓު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓު ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައިވާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެންވާނެ ބާވަތްތަކުގެ ލިސްޓެކެވެ.

 ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައި 27 ބާވަތެއްގެ ތަކެތި ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1.ކަނޑި އާއި ހަންޖަރު، ޑައިވިން ނައިފް

2.މަސް ބާނާ ބަޑި

3.މޯނިންގ ސްޓަރ (Morning Star)

4.ނަކުލް ވެޕަން (Knuckle Weapon)

5.ތީރު

6.ޝުރިކެން (Shuriken)

7.ފްލެއިލް (Flail)

8.ސްޕިއަރ (Spear)

9.ޓްރައިޑެންޓް (Trident)

10.ލާންސް (Lance)

11.ސައިތު (Scythe)

12.ފްލިކް ނައިފް (Flick Knife)

13.ބަޓަރފްލައި ނައިފް (Butterfly Knife)

14.ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ

15.ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ

16.ސިލިންގ ޝޮޓް (Sling shot)

17.ބިޑި (Hand cuff)

18.ހަންޓިން ބިލް ހުކް ނައިފް (Hunting Billhook knife)

19.ޕޮކެޓް ނައިފް (Pocket Knife)

20.ފޯލްޑިން ނައިފް / ފޯލްޑެބަލް ނައިފް (Folding Knife / Foldable Knife)

21.ފްލިޕް ނައިފް (Flip Knife)

22.ބޯން ނައިފް (Bone Knife)

23.އެގްރިކަލްޗަރ ނައިފް (Agriculture Knife)

24.ސަރވައިވަލް ނައިފް (Survival Knife)

25.ބޯއަ ނައިފް (Boa Knife)

26.ކުކްރީ ނައިފް (Kukri Knife)

27.ހައިކިން ނައިފް (Hiking Knife)

ހޯމް މިނިސްޓްރީން ބުނީ އާންމު ކުރި ލިސްޓުގައި ހިމެނިފައި ނުވާ، އެހެން ނަމަވެސް މީހަކަށް އަނިޔާއެއް ދެވިދާނެ މި ނޫންވެސް ތޫނު އެއްޗަކީ ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭނެ ތަކެތި ކަމަށެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް