އާރާއި ބާރުގައި ހުރި ދުވަހު އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވުމަށްފަހު މިއަދު ނުކުމެ ފަލަަސްތީނޭ ކިޔައި ވާހަކަ ދައްކަވަމުން ގެންދަވަނީ ގޮތެއްފޮތެއް ނެތީމާ ކަމަށް ވިދާޅުވެ ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ހޯމް މިނިސްޓަރު ޝައިިޚު އިމްރާނަށް ފާޑުވިދާޅުވެއްޖެއެވެ.
ޢަލީ މިފަދައިން ފާޑުވިދާޅުވީ އިމްރާންގެ ނަން ނުގެންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާރާއި ބާރުގައި ހުރި ދުވަހު އަނިޔާވެރި އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވާފަ އެއްކަލަ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގަ ނުކުމެ ފަލަސްތީން ފަލަސްތީން ކިޔަމުން ނުކުންނާނީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތީމަ“ އިމްރާނަށް އަމާޒުކުރައްވައި ޢަލީ ކުރެއްވި ޕޯސްޓުގައި ވެއެވެ.
އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް 2021 ގައި ޒުވާނުން އިސް ނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިިކަލު ބުރު ހުއްޓުވާފައިވާތީ އެކަން ފާހަގަކޮށް އެހެން ފަރާތްތަކުން ވެސް ދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.
ނަމަވެސް އިމްރާން ގެންދަވަނީ ފަލަސްޠީނާ ގުޅޭ ޕޯސްޓުތައް އެކްސްގައި ހިއްސާކުރައްވަމުންނެވެ. އޭނާ މިއަދު ވިދާޅުވީ ފަލަސްޠީން ރައްޔިތުންގެ ހއްގުގައި ފަރުދީ ގޮތުން “އަޅުގަނޑަށް ކުރެވުނު ކޮންމެ ކަމެއް“ ކުރައްވާނެ ކަމަށެވެ.
“އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް އަޅުގަނޑު ފަހަތައް ޖެހޭނެ ކަމަށް ހީނުކުރަށްވާ.“ އިމްރާން ވިދާޅުވިއެވެ.
![]()

9 Responses
Iyye gothakah ulhefa hurumakee miadhu egothiga hunnan jehey sababeh noon. Ehen noon nama miadhuves thibeyfulhaa innaaanee drum Jahan. Lava kiyan
Iyye e kiyanee thimaa baaruga huri dhuvahah. Kuda baareh libey Irah olhenee. Thi fahari Imraanu bunee mi November mahuge fahun muzaaharaa nukureveyne vaahaka. Balaabala Allah ge kulhadhun vanthakan. Muzaaharaa kuriya nudheynamey bune gadha bas buni Meehaa amillayah dhen jeheynee muzaaharaa yah nukume hunnan.
ތެދެއް. އަލީ ނޫން މީހެއް ތިވާހަކަ ދައްކާނަމަ ގަބޫލުކުރެވުނީސް. އެކަމު މާޒީއަކީ މީހާގެ މުސްތަގުބަލު ނިޔާކުރާނެ އަސާސެއް ނޫންކަން އަލީއަށް ބެލީމަ އެނގޭ. މިހާރު މިފެންނަ ދެކޮޅުވެރިކަމަކީ ލާދީނީ މިހުނަށް ލިބޭ ކުރިއެރުމެއް. ދީނީ ކުލަ ނުވަތަ ވިސްނުމުގެ މީހުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިވެ ނުރުހެނީ ލާދީނީ މީހުންދެކެ އަންނަ ރުޅިއަށްވުރެވެސް ބޮޑަށް.
Miadhuves Imran huree kurinves huri githugai
އަލީރަމީޒަށް އިހު އުޅެވުނު ގޮތާއިމެދު ދެރަވެ ހިތާމަކޮއް ދިވެހި ރައްޔިތުންގެ ކިބައިން ޕަބްލިކް ފޯރަމް ތަކުގައި މާފަށް އެދިފަ ހުރި.. ކޮބާ އިމްރާނުގެ އެފަދަ އަމަލެއެް ހުރިއްޔާ ދައްކަބަލަ… ނިކަން ނިކުމެ ދިވެހި ރައްޔިތުން ގެ ކިބައިވެން މާފަށް އެދިބަލަ…
ތި ޢިމްރާނު ދިވެއްސެކޭބުނެ ނަމުގެކުރިއަށް ޝޭހު ކިޔާތީ ވެސް ހިތާމަކުރަން
މަޖްލިސް ގޮނޑިލިބޭތޯ ހޭރިޔާ ކުރާ މީހުންގެ ދީނެއް މިއްލަތެއް ނޯންނާނެ.
އަލީ ، ކީއްކުރާނީ މިކަހަލަ މީހުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ ، މިހާރު މީނާގެ ހުރިހާ އެއްޗެއް ދިވެހި ރަތްޔިތުންނައް އެނގި ސާފުވޭ.
މިހާރުތިކުރާ ކަމަކީ ލަވަކިއުމައް ވުރެން ވެސްމާހަޑިމުޑު ދާރު ކަންތަ