ގާޒާއާއި ދެކޮޅަށް ހިންގި ހަނގުރާމަމަތީ ކުށްތަކަށް އިސްރާއީލު ޖަވާބުދާރީކުރަން ސްޕެއިންގެ ވަޒީރު ގޮވާލައްވައިފި 

Loading

October 19, 2023
sandhaanu news
Facebook
Twitter
WhatsApp

ގާޒާއާއި ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ހަނގުރާމަތީ ކުށްތަކަށް ބައިނަލްއަޤްވާމީ ކޯޓުތަކުގައި ޖަވާބުދާރީކުރުވަން ޖެހޭކަމަށް ސްޕެއިންގެ އިޖުތިމާޢީ ހައްގުތަކާއި ބެހޭ ވަޒީރު، އިއޯން ބެލާރާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއިން އިސްރާއީލުގެ އަމަލުތަކަށް ވާގިވެރިވަމުންގެންދާ ކަމަށާއި، ގާޒާގައި ”ރޭވިގެން ހިންގަމުންދާ ގަތުލުއާންމު“ ގެ ޒިންމާ އެ ފަރާތްތަކުން ވެސް ނަގަން ޖެހޭކަމަށެވެ. 

އާދީއްތަ ދުވަހު ހިއްސާކުރެއްވި ވީޑިއޯއެއްގައި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލުގެ ހަނގުރާމަމަތީ ކުށްތަކުގެ ޒިންމާގައި ހިއްސާވާން ޖެހޭކަމަށް ބެލާރާވަނީ ބުނެފައެވެ. 

އިސްރާއީލުގެ އަމަލުތަށް ކުށްވެރި ކުރުމަށާއި، ގާޒާގައި އެގައުމުން ހިންގާ ގަތުލުއާންމު ބަލައިދިނުމަށް ބެލާރާވަނީ އައިސީސީއަށް ގޮވާލައްވާފައެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް