ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާދޭން ފާސްކޮށްފި

Loading

October 19, 2023
sandhaanu news
Facebook
Twitter
WhatsApp

ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވެ، އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި އެ ޤަރާރުގައި ވަނީ ޤާނޫނު އަސާސީގައި އިޖުތިމާއީ ސިއްޙީ އިންޝިއުރެންސްގެ ޤައުމީ ނިޒާމްގެ ޤާނޫނާއި ސިއްހީ ހިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ އަދި ސިއްހީ ޚިދުމަތް ލިބިގަތުމުގެ ހައްޤު ކަށަވަރު ކޮށްދޭ ކަމަށެވެ. 

ހަމަ އެހެންމެ މިހާރު ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝިއުރެންސްގެ ޤައުމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން ދަރިމައިނުވުމުގެ ބައްޔަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން އިންތިހާއަށް ހަނިވެފައިވާ ކަމަށް އެ ޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ބައްޔަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވާއިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ހުންނަކަން ފާހަގަކުރާ ކަމުގައި އެ ޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

މި ޤަރާރުގައި ވަނީ ދަރިމައިނުވާތީ ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ރާއްޖެއިން ފަސޭހަ ކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލައްވައިފައެވެ. 

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދަރިމައިނުވާތީ ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ރާއްޖޭގެ އިޤްތިޞާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގޮވާލައްވާފައިއެވެ. 

އިއްޔެގެ ޖަލްސާއަށް 47 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވިރު މި ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް