މާލޭގެ ދަފުތަރުގައި ތިބި ރައްޔިތުން ތަމްސީލު ކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހުގައި ހުންނަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މެންބަރުންގެ އަދަދު ލިމިޓް ކުރާ އިސްލާހަށް ބަހުސް ކުރައްވައި ދެއްކެވި ވާހަކައިގައި ޢަލީ ޙުސައިން ވިދާޅުވީ، މަޖިލީހުގެ މެންބަރުން މަދު ކުރުމާއި، ވަކި އަދަދެއްގައި މެންބަރުން ހިފެހެއްޓުމަކީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
ޤާނޫނުގެ ދަށުން މަޖިލީހުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލު ކުރުމުގެ ހައްޤު އެ ރައްޔިތުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން އިސްތިސްނާވާ ބަޔަކު އުޅޭ ކަމަށާއި
އެއީ ދަފުތަރުގައި ރަޖިސްޓްރީވެ މާލޭގައި ދިރިއުޅެމުންދާ މީހުން ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 15,000 އަށްވުރެ ގިނަކަން ފާހަގަކުރައްވައިި ޢަލީ ޙުސައިން ވިދާޅުވީ އެ މީހުންނަކީ އެ ބައެއްގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ނުދެކެވޭ، އަދި އެ މީހުންގެ ހައްޤުތަކާ ބެހޭ ވާހަކަތައް ނުދެކެވޭ، އެ މީހުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގަ ވަކާލާތު ނުކުރެވޭ ބަޔެއް ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ދާއިރާތަކަށް މެންބަރު އިންތިޚާބު ކުރަންވުމުން އެ މީހުން ވެސް ވޯޓު ދޭންޖެހޭ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ދަފުތަރުގެ ރައްޔިތުން ތިބެނީ މާލޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ ގޮތަށް ނަމަވެސް މާލޭގެ ރައްޔިތުންނަށް ބިން ދޫކުރާއިރު އެކަމުން ދަފުތަރުގައި ތިބޭ ރައްޔިތުން މަހުރޫމް ވެފައިވާ ކަމަށާއި އެ ރައްޔިތުންނަށް ކުރިމަތި ނުލެވޭ ކަމަށް ޢަލީ ޙުސައިންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ދަފުތަރުގައި ތިބޭ ރައްޔިތުންނަށް ޚާއްސަކޮށް މަޖިލީހުގައި ވެސް ދާއިރާތަކެއް ކަނޑައެޅި މެންބަރުން ތިބެން ޖެހޭ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން ޢަލީ ޙުސައިން ވިދާޅުވީ ހަމަހަމަކަން ޤާއިމުކުރުމުގެ ވާހަކަ ދައްކާއިރު މި ކަންކަމަކީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށެވެ.
މެންބަރުންގެ އަދަދު ލިމިޓް ކުރާ އިސްލާހަށް ބަހުސް ކުރައްވާފައިވާއިރު މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާ ހިމެނޭއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މިހާރު ވަނީ 6 ދާއިރާއެއް އިތުރު ކޮށްފައެވެ.
![]()

5 Responses
Evves member Aku evves Dhaairaa akah kameh eba kohdheytha? Vote ganegen alun membaru kanah aun fiyavaa
Emeehaku ulheyrasheh noveytha gondilibuneemaa maguves olhuneetha vakeeleh viyasthiyavarubodu
Ali huseynuge faaksaanaasaafukiran ves membarakubeynunvey
އަދިވެސް މެމްބަރުން މަދީ. ދެ ޖިންސުގެ ކުޑަކުދިން ތަމްސީލުކުރާނެ އިތުރު 2 މެމްބަރަކާއި ނުކުޅެދޭ މީހުންނާއި ކުޑަކުދިން ތަމްސީލު ކުރާނެ 2 މެމްބަރަކާއި މަސްވެރިންނާއި ދަނޑުވެރިންނަށްޓަކައި އިތުރު 2 މެމްބަރަކާއި މަޖިލީހަށް ހާޒިރު ނުވާ މެމެބަރުންގެ ބަދަލުގައި އިތުރު ދިހަވަރަކަށް މެމްބަރުންނާއި……ބޯގޮވިޔަސް މީ ދެން ތަންކޮޅެއް ބޮޑުވަރު
Beyrugaikiyavan thibikudhinnah membareh beyrudhathurukuraa meehunah membareh