އައި.ޖީ.އެމް.އެޗް. އިން ބޭރުގެ ދެ ކުންފުންޏަކަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ އެބަހުރި ކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ އިންތިގާލީ މަރުޙަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިޔާއަށް މައުލޫމާތު ދެއްވުމުގައެވެ.
އެގޮތުން ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން އައިޖީއެމްއެޗް ހިނގަމުން ދަނީ ހެލްތް މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނެތި، ރައީސްގެ ޤަރާރަކުން އެކުލަވާ ލައްވާފައިވާ ވަކި ބޯޑަކުންނެވެ.
ފާހަގަ ކޮށްލަން ޖެހެނީ ދައުލަތުގެ އެއްވެސް ކުންފުންޏެއްގެ ބޯޑުން އެއްވެސް ޒިންމާއެް އެއްވެސް ކަމެއްގައި މިހާތަނަށް ޒިންމާ ނެންގުވިފާ ނުވާކަމެވެ. ބޯޑެއްގެ ބޭނުމަކީ ކޮބާކަން އެ ބޯޑަކަށްވެސް ނޭގޭކަހަލައެވެ.
އައި.ޖީ.އެމ.ްއެޗު.ގެ ހިތުގެ ބަލީގެ ސެންޓަރާއި، ނާރުގެ ސެންޓަރަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް އެބަހުރި ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މި އަހަރުގެ ބާކީ މުއްދަތަށް ފައިސާ ހަމަޖެހިފައި ވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި ކަމަށް ފިރުޒުލް ފާހަގަ ކުރެއްވިއެވެ.
ހަމަ އެހެންމެ ވިދާޅުވީ ބަޖެޓު ހަމަޖެހިފައި ނެތުމުން އިމާރާތާއި މެޝިނަރީޒްގެ މަރާމާތު ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
ހޮސްޕިޓަލްތަކަށް ބޭނުންވާ ތަކެތި އާންމުކޮށް ގަންނަނީ ގަނޑުކޮށް އަހަރަކު ދެ ފަހަރު ކަމަށާއި، މި އަހަރުގެ ފަހު ހަމަހަށް ބޭނުންވާ ސާމާނު ގަތުމަށް އަދިވެސް އޯޑަރު ކޮށްފައި ނުވާކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުން ކުރަނީ ކުއްލި ޙާލަތްތަކުގައި ބޭނުން ކުރަން ހުރި ތަކެތި ކަމަށެވެ.
މީގެ އިތުރުން އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް މިފަދަ ޒިންމާދާރު ކުޑަ ކަމަކާ ގުޅިގެން ހުއްޓުމަކަށް އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާޖެހޭކަމެއް ކަމަށް ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ.
![]()

One Response
ލިބޭހާ ފައިސާއާއި ދަރަނިންވެސް ފޫ ނުބެއްދޭއިރު އެކަންކުރަން ނޭގޭ ކަމަށް އެއްބަސްވެފާ ދުރުގާ ހުރިއްޔާ މާ ރީތިވާނެ. ބޯޑުތައް އުފެއްދިދާނެ. އެކަމަކު ރަނގަޅު ނަތީޖާއެއް ނެރޭނެ ވިސްނުމެއް ބޮލަކު ނުހުންނާނެ.